އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ “އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024”، އެންވީކޭ އަދި ކްލަބް އިރަމާ މޮޅަކުން މުބާރާތް ފަށައިފިއެވެ.
މިމުބާރާތުގެ ފުރަތަމަ މެޗްގައި އެންވީކޭ ވަނީ ޔުނައިޓެޑް ޔޫތްގެ މައްޗަށް 6-2 ނަތީޖާއަކުން ކުރިހޯދައިފައެވެ. މިމެޗްގައި އެންވީކޭގެ މުހައްމަދު ނާއިމް 3 ގޯލް ޖަހައި ހެޓްރިކް ހެދިއިރު، އެންވީކޭގެ ޒަޔާން ދެ ގޯލް އަދި ޝަމްވީލް ގޯލެއް ޖެހިއެވެ. ޔުނައިޓެޑް ޔޫތްގެ ނާއިޝް އަދި ތަހުސީން ގޯލެއް ޖެހިއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭއަށް ހެޓްރިކް ހަދައިދިން ނާއިމްއެވެ.
މުބާރާތުގެ ދެވަނަ މެޗްގައި ރޭ ކްލަބް އިރަމާ ވަނީ ސެންސިޓީގެ މައްޗަށް 4-0 އިން ކުރިހޯދާފައެވެ. މިމެޗްގައި އިރަމާގެ ގޯލްތައް ޖެހީ މުހައްމަދު އާދަމް، ޝާނިއު، އަދި މުނީޒްއެވެ. މީގެ އިތުރުން ސެންސިޓީގެ އާދަމް އަތުން ބައި ކޮޅަށްވެސް ގޯލެއްވަނެވެ.
މިމުބާރާތުގައި މިރޭ ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި މިއަދު ހަވީރު 16:00 ގައި ޔުނައިޓެޑް ޔޫތް އަދި އިރަމާ ބައްދަލުކުރާއިރު މިއަދުގެ ދެވަނަ މެޗްގައި މިރޭ 20:00 ގައި ސެންސިޓީ ނުކުންނާނީ އެންވީކޭއާ ދެކޮޅަށެވެ.
މިމުބާރާތުގައި ވާދަކުރަނީ ޔުނައިޓެޑް ޔޫތް، އެންވީކޭ، ސެންސިޓީ އަދި ކުލަބް އިރަމާއެވެ. ކައުންސިލް ކަޕަކީ ފުޓްސަލް ފޯމެޓަށް ކުޅެމުން އަންނަ މުބާރާތެއް ނަމަވެސް މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 7 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ 4 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި އެޓީމް ބައިވެރިއެއް ނުވެއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
މިއަދުގެ މެޗްތައް އިހަވަންދޫ،ކޮމް ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލައިވް ކުރާނެއެވެ.
ޔުނައިޓެޑް ޔޫތު
އިހަވަންދޫ ކައުންސިލް
އެންވީކޭ
ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓް
ސެންސިޓީ
ކްލަބް އިރަމާ
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓްގެ ސެމީފައިނަލްގެ މެޗްތައް މިރޭ
10 - ނޮވެމްބަރު - 2022
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
އިރަމާ، ކޭ.އެމް، ކޮފަލި އަދި ސެންސިޓީއަށްވެސް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
25 - ނޮވެމްބަރު - 2023
ކޮފަލިން ޑިފެންޑިންގ ޗެމްޕިއަން އެންވީކޭ ހުއްޓުވިއިރު، އިރަމާ މުބާރާތްފެށީ މޮޅަކުން
24 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް