ގާ އެޅުންފަދަ އިންޑަސްޓްރިއަލް މަސައްކަތްތައް ފުއްޓަރު ފަރާތަށް ބަދަލުކުރަނީ!
ގާ އެޅުންފަދަ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިހަވަންދޫގެ ހުޅަނޑު ދެކުނު ފަރާތުން ބިންދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އެގޮތަށް ނިންމާފައިވަނީ އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 191 އާއްމު ބައްދަލުވުމުގައެވެ.
އިހަވަންދޫ ކައުންސިލްގެ ނިންމުމުގައިވަނީ، އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް އިހަވަންދޫގެ ހުޅަނގު ދެކުނު ކޮޅުން، ކައްޕީނި މަގާއި ނާރެސްމަގާއި ގުޅުނު ކަންމަތިން 4000 އަކަފޫޓްގެ 4 ބިން 20 އަހަރަށް ކުއްޔަށް ދޫކުރުމަށެވެ. އަދި އަކަފޫޓެއް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އެއް ރުފިޔާކަމަށްވެސް ކައުންސިލުން ކަނޑައަޅާފައިވެއެވެ.
މިކަމާއި ގުޅިގެން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، މިބިންތައް ދޫކުރުމަށްފަހު ރަށުގެ އެއްވެސްތާކު އެފަދަ މަސައްކަތްކުރުން މަނާކުރާނެ ކަމުގައެވެ. ގާ އެޅުންފަދަ އާމުންނަށް އުނދަގުވާފަދަ އިންޑަސްޓްރިއަލް ބައެއް މަސައްކަތްތައް ރަށުތެރޭގައި ކުރަމުންދާތީ އެކަމުގެ ޝަކުވާ ގިނަބަޔަކު ކުރެއެވެ. ވުމާއިއެކު މިނިންމުމަށް އަމަލީ ސިފަ ގެނެވިއްޖެނަމަ އެޝަކުވާތަކަށް ނިމުމެއް އަންނާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް