ތިލައުތުރު ފުޓްސަލް މުބާރާތް 2025 އޮންނާނީ އުތީމުގައި
މުޙައްމަދު އަކުރަމް
7 - ޖުލައި - 2025
ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” އުތީމުގައި ބޭއްވުމަށް ނިންމައި، މިއަދު އެކަމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.
މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި އުތީމު ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދުއެވެ. މުބާރާތް ހޯސްޓްކުރުމަށް ހއ. އަތޮޅުގެ ރަށްރަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ހޯދާފައިވަނީ އުތީމު ކައުންސިލްއެވެ.
މިއީ އުތީމުގައި ތިލައުތުރު ފުޓްސަލް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި މުބާރާތް ފުރަތަމަ ފަހަރަށް ބޭއްވީވެސް އުތީމުގައެވެ.
ތިލައުތުރު ފުޓްސަލް މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއީ “ތިލައުތުރު ފުޓްސަލް މުބާރާތް” ބާއްވާ ހަތަރުވަނަ އަހަރެވެ. ފުރަތަމަ ތިލައުތުރު ފުޓްސަލް މުބާރާތް ހއ. އުތީމުގައި ބޭއްވިއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ. ދެވަނަ މުބާރާތް ހއ. މާރަންދޫގައި ބޭއްވިއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރެވެ. މިދިޔަ އަހަރު މި މުބާރާތް ބޭއްވީ ހއ. ކެލާގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިހަވަންދޫއެވެ.
ތިލައުތުރު ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތް އިހަވަންދޫގައި ބާއްވަން އިހަވަންދޫ ކައުންސިލުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް، އެއްވެސް ޕްރޮޕޯސަލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
13 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: މިފަހަރުގެ މުބާރާތުގައިވެސް ބައިވެރިވީ 10 ރަށަކުން
10 - ސެޕްޓެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި
11 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024: ފަހަތުންއަރާ އުތީމް ބަލިކޮށް އިހަވަންދޫ ޓީމަށް ބޮޑު ހިންހަމަޖެހުމެއް
4 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ވަށަފަރު
10 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް އުތީމް އަދި ވަށަފަރު ދަތުރުކޮށްފި
8 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީއަށް އުތީމް، މުރައިދޫ، ވަށަފަރު އަދި ފިއްލަދޫ
6 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް