އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
ހއ އިހަވަންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ (24 ޖުލައި 2025) މެންދުރު 13:00 އަށް ހަމަވާނެއެވެ.
ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު އޮތީ މިމަހުގެ 15 ވީ ބުރާސްފަތި ދުވަހުގެ 13:00 އަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވާގޮތަށެވެ. ނަމަވެސް، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 202 ވަނަ ޖަލްސާގައި ފާސްކޮށްފައިވަނީ، ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށެވެ. އެގޮތުން އެމުއްދަތުވަނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރުކޮށްފައެވެ. މުއްދަތު އިތުރުކުރި ސަބަބެއްކަމަށް އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ، ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ގިނަ ލިޔެކިޔުންތަކެއް ހަމަކުރަން ޖެހުމާއި ވަގުތު ކުޑަކަމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިފަހަރު ހުޅުވައިލި ފުރުސަތުގައި ގާތްގަނޑަކަށް 400 އާއި 600 އާއި ދެމެދު އަދަދެއްގެ މީހުން ކުރިމަތި ލާނެއެވެ. މިއީ ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންވެސް ހިމެނޭ ހެން ލާނެކަމަށް ބެލެވޭ ފޯމްގެ އަދަދެވެ. މިފަހަރު ދޫކުރުމަށް ނިންމާފައިވަނީ 150 ގޯއްޗެވެ.
އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ގޯތި ދިނުމާބެހޭ މައްސަލައެއް ކޯޓުގައި
15 - ޖޫން - 2020
އިހަވަންދޫން 200 ގޯތި ދޫކޮށްފި
13 - ޖޫން - 2020
އިހަވަންދޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފި
12 - ޖޫން - 2020
ގޯތި ދިނުމުގައި ނުނިމިހުރި މަސައްކަތްތައް ދެހަފުތާތެރޭ ނިންމަނީ
8 - ޖޫން - 2020
ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓްލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފި
1 - ޖެނުއަރީ - 2020
ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓްލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް 12 ފަރާތަކުން ޝަކުވާ ހުށައަޅައިފި
15 - ޑިސެމްބަރު - 2019
ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓްލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފި
26 - ނޮވެމްބަރު - 2019
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އިހަވަންދޫން ގޯތި ދޫކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ، މަސައްކަތް އޮތީ ހުއްޓިފައި!
7 - މާރިޗު - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް