ބާރަށު ޞިއްޙީމަރުކަޒުގެ ނަން، އާމިނާ ރެހެންދި ސިއްޙީ މަރުކަޒަށް ބަދަލުކޮށްފި
ހއ. ބާރަށު ޞިއްޙީމަރުކަޒުގެ ނަން، އާމިނާ ރެހެންދި ސިއްޙީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފިއެވެ. ބާރަށު ޞިއްޙީމަރުކަޒުގެ ނަން، އާމިނާ ރެހެންދި ސިއްޙީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ކަމަށްވާ މިހިނގާ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.
އާމިނާ ރެހެންދިއަކީ ބާރަށު، ބޯށިވަލު ބުޅާ ފާޠިމާގެ ދަރި ކަނބަލުންނެވެ. ޢީދު ދުވަހު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ގޮންޖެއްސެވީ އެކަމަނާއެވެ. ބަރަށު ކަމަނާ މަގަކީ، މުޙަންމަދު ތަކުރުފާނުގެ ބޮލަށް ގޮންޖެއްސެވުމުން އެކަމަނާ ގޮވައިގެން އިރުމަތީ ފުއްޓަރު ފަރާތަށް ގެންދިޔަ މަގުކަމަށް ބުނެވެއެވެ. ފުއްޓަރު ފަރާތުންއެރުއްވީ ކައިވެނި ކުރުމަށް އެއްބަސް ވެގެންކަމަށް ބުނެވެއެވެ. އަދި، ފުއްޓަރު ފަރާތުގައި ރެހެންދި ގޮއްޔެ މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާ މިހާރުވެސް އޮޅެއްގެ ސިފާގައި ފާހަގަ ކުރެވޭކަމަށް ވެއެވެ. ތާރީހުން އެނގޭ ގޮތުގައި މުޙަންމަދު ތަކުރުފާނުވަނީ ދެ ބޭކަނބަލަކާއި ކައިވެނި ކުރައްވާފައެވެ. އެއީ އާމިނާ ރެހެންދި (އާމިނާ ރަނިކިލެގެފާނު) އަދި ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތި މާވާ ރަނި ކިލެގެފާނެވެ.
ބާރަށު ޞިއްޙީމަރުކަޒުގެ ނަން، އާމިނާ ރެހެންދި ސިއްޙީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފައިވާއިރު، އިހަވަންދޫ ސިއްހީ މަރުކަޒުގެ ނަން “އައިމިނާދިޔޯ ޞިއްޙީ މަރުކަޒު”ގެ ނަމަށް 2018 ވަނަ އަހަރުގެ ޖުލައި 17 ވަނަ ދުވަހު ބަދަލުކޮށްފައިވެއެވެ. އިހަވަންދޫ އާމިނާދިޔޯ އަކީ މުޙަންމަދު ތަކުރުފާނުގެ މަންމާފުޅެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ފައިނަލްގެ ފަހުޖާގައަށް ވާދަކުރާ މުރައިދޫ އަދި ބާރަށް ބައްދަލުކުރާ ސެމީފައިނަލް މިއަދު
22 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
ބާރަށުން ކޯވިޑަށް ފައްސިވި ޖުމުލަ 22 އަށް
5 - މާރިޗު - 2021
ބާރަށު މަދަރުސާގެ ދަރިވަރުން އިހަވަންދޫގައި
28 - ސެޕްޓެމްބަރު - 2012
އިތުރު ދެ ޕޮލިޓިކަލް ޑިރެކްޓަރުން އާމިނާދިޔޯ ސިއްޙިމަރުކަޒަށް އައްޔަންކޮށްފި، ޖުމުލަ އަދަދު 4 އަށް!
24 - މާރިޗު - 2026
"ސިޔާސީ ރޯޅީގައި" ބައެއް މުވައްޒަފުން އިހަވަންދޫއަށް ބަދަލުކޮށްފި!
13 - ފެބްރުއަރީ - 2026
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް