ކައުންސިލުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބި ލަސްވާތީ، ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެއްނެރުމަށްކުރި މަސައްކަތް ކާމިޔާބެއްނުވި!
އިހަވަންދޫގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި، ރައްޔިތުންނާއި ގުޅުންހުރި ކަންބޮޑުވުންތަކަށް، ކައުންސިލުން ފޮނުވާ ސިޓީތަކަށް ޖަވާބު ނިލިބި ލަސްވާތީ އެކަން ސަމާލުކަން ގެނައުމަށް ބަޔާނެއް ނެރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.
އެފަދަ ބަޔާނެއް ނެރުމަށް މަޝްވަރާކުރުމަށް އެޖެންޑާކުރީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 210 ވަނަ ޢާއްމު ޖަލްސާއަށެވެ. އެމައްސަލަ އެޖެންޑާކުރުމަށް ހުށަހެޅީ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަންއެވެ.
ކައުންސިލް މެމްބަރު އަހްމަދު ރިލްވާން ފިޔަވާ ހުރިހާ ކައުންސިލަރުން ބައިވެރިވި އެބައްދަލުވުމުގައި، އެކަމަށް ބަހުސްކުރުމަށް ހުޅުވައިލުމުން ބަހުސްގައި ބައިވެރިވެފައިވަނީ މުހައްމަދު ޒާހިރު ހަސަން އެކަންޏެވެ.
އެމައްސަލަޔަށް ބަހުސް ކުރައްވަމުން ކައުންސިލަރު މުހައްމަދު ޒާހިރު ހަސަން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ ފަޅުގެ ސާވޭ އަށް ފަހު ފާހަގަ ކުރި ކަން ކަން ހައްލުނުވެ ލަސްވުމުގެ އިތުރުން ވެއްޓިފައި ވާ ފާލަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތާ، ކަނޑިންމަ ބަދަލުކުރުމުގެ މަސައްކަތާ، ހޮސްޕިޓަލްގެ މަސައްކަތާ، 200 ހައުސިންގް ޔުނިޓުގެ މަސައްކަތާ، ފިޝްކަލެކްޝަން ފެސިލިޓީގެ މަސައްކަތާ، މަގުހެދުމާ، ހުރަވީ ދަނޑުގެ މަސައްކަތާ، ކައުންސިލުން ދޫކުރާ 150 ގޯތި ދޫކުރުމުގެ މަސައްކަތާ، ޕޮލިސް ސްޓޭޝަނުގެ މަސައްކަތާ، ދިގުފަރު ހިއްކުމާ، ހިޔާވަހި ލޯނާއި ވެމްކޯގެ މަސައްކަތް އިހަވަންދޫގައި ފެށުން ލަސްވާކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުންވެސް ބައެއް ކަންކަން ފާހަގަކުރައްވައި، އެކަންކަން ސަރުކާރުގެ އެކިގޮތްގޮތުން ހިއްސާކުރެވިފައި ވާނަމަވެސް ޖަވާބެއްނުލިބި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ކައުންސިލަރު ޒާހިރު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އިތުރު އެއްވެސް މެމްބަރަކު ބައިވެރިއެއްނުވެއެވެ. އަދި އެމައްސަލާގައި ވޯޓަށް އެހުމަށްވެސް ހާޒިރުވެތިއްބެވި އެއްވެސް މެމްބަރަކު ތާއީދު ކުރައްވާފައިނުވާތީ އެމައްސަލަޔަށް ވޯޓަށް އަހާފައެއްނުވެއެވެ.
އިހަވަންދޫ ކައުންސިލްގައި ތިއްބަވަނީ 7 ކައުންސިލަރުންނެވެ. އޭގެ ތެރެއިން 1 ކައުންސިލަރަކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާއިރު، ބާކީ ތިއްބަވާ 6 ކައުންސިލަރުން ނިސްބަތްވަނީ ސަރުކާރު ހިންގާ ޕާޓީއަށެވެ.
ނަން ނުޖެހުމަށްއެދި އިހަވަންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ކައުންސިލަރު ޒާހިރު ހުށަހެޅުއްވި ކަންބޮޑުވުން އެބޭފުޅުންގެ މެދުގައި އޮތްނަމަވެސް ބަޔާންނެރުމަށް ތާއީދު ނުކުރަނީ، ބަޔާނެއް ނެރުމަށްވުރެ ރީތި ގޮތުގައި ސަރުކާރާއި މުއާމަލާތު ކުރެވޭނެ ޗެނަލްތައް ހުރުމުން ކަމުގައެވެ. "އެމްޕީވެސް އެބަހުންނެވި، ގިނަ މިނިސްޓަރީތަކުގައި ރަށަށް ނިސްބަތްވާ ޕޮލިޓިކަލް އެޕޮއިންޓީސް އެބަތިއްބެވި، އެބޭފުޅުންނާ މަޝްވަރާކޮށްގެން މިކަންކަން ހައްލުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް. އެޖަލްސާގައި އިދިކޮޅު ކައުންސިލަރު އިންނެވިއިރު އެކަމަށް ތާއީދު ނުކުރީ އެއީ ސަރުކާރުގަ ތިބޭބަޔަކު ސަރުކާރާ ދެކޮޅަށް ބަޔާން ނެރުމަކީ ޖޯކް ކަމަކަށް ވާތީހެން ހީވަނީ" އެބޭފުޅާ ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުވެސް އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރުނެވެ. ނަމަވެސްއެ ބަޔާން ނެރުމުން ސަރުކާރުގެ ތެރެއިން އައި ފިއްތުންތަކާއި ގުޅިގެން އެބަޔާންވަނީ ކައުންސިލްގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން މަދު ވަގުތުތަކެއްގެ ތެރޭގައި ގެއްލިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
އިހަވަންދޫ ކައުންސިލުން އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާއި ބައްދަލުކުރަނީ...
19 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް