ޕީއެންސީގެ ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެއަށް!
މުޙައްމަދު އަކުރަމް
14 - ނޮވެމްބަރު - 2025
ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީއެންސީން މާލޭގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެ ގޮސްފިއެވެ.
އެޖަލްސާއަށް، ދިއުމަށް އިއްޔައާއި މިއަދު ގިނަބަޔަކު ދަތުރުކޮށްފައިވާއިރު އެއެންމެންވެސް ދަތުރުކުރީ ވައިގެ މަގުންކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫއިން 205 އާއި 195 އާއި ދެމެދުގެ އަދަދެއްގެ މީހުންވަނީ މިރޭ ބާއްވާ ޖަލްސާއަށް މާލެ ގޮހެވެ.
މީހުން މާލެ ގެންދިއުމުގައި ހަރަކާތްތެރިވާ މީހަކުބުނީ، އިހަވަންދޫ ދާއިރާގައި ހިމެނޭ 3 ރަށް ކަމަށްވާ އިހަވަންދޫ، މޮޅަދޫ އަދި މާރަންދޫއިން ގާތްގަނޑަކަށް 300 މީހުން މިރޭގެ ޖަލްސާއަށް މާލެ ގެނެވުނުކަމުގައެވެ. ޖަލްސާއަށް މާލެގޮސް ހުރި މީހަކުބުނީ، ޕާޓީން އިންތިޒާމްތައް ފުދޭވަރަކަށް ރަނގަޅަށް ހަމަޖައްސާފައިވާ ކަމަށާ ހުންނާނެ ތަނެއް ދިނުމުގެ އިތުރުން ދުވާލަކަށް ޕޮކެޓް މަނީގެ ގޮތުގައި 1000ރ ދޭކަމުގައެވެ. މިނޫހާ ވާހަކަ ދެއްކި ގިނަ މީހުންބުނީ ޖަލްސާއަށް މާލެ ގެންދި މީހަކަށް ޕާޓީއިން 5500ރ އާއި 6500ރ ދެމެދު ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމުގައެވެ. އެހެން ކަމަށްވާނަމަ އިހަވަންދޫ ދާއިރާއިން އެކަނި އެޖަލްސާއަށް މީހުން މާލެ ގެންދިއުމަށް 1.6 އާއި 1.9 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދެއް ހަރަދު ކުރާނެއެވެ.
މިރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނަ ޖަލްސާއަކީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބައިބޯ ޖަލްސާއަށް ވާނެ ކަމަށް ބެލެވެ އެވެ. މި ޖަލްސާގެ ފޯރިގަދަކުރުމަށް “މަވެސް ދާނަން” ނަމުގައި ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންނާއި އެކްޓިވިސްޓުން ގެންދަނީ ބޮޑު ކެމްޕެއިނެއް ވެސް ހިންގަމުންނެވެ. ޕީއެންސީން ވަނީ ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ އެވެ. އެގޮތުން “މަރުހަބާ ޓީމް” ނަމުގައި ބޮޑު ޓީމެއް އެކުލަވާލާފައިވެ އެވެ. އެ ޓީމުން ގެންދަނީ ޖަލްސާއަށް އަންނަ މީހުންނަށް މަރުހަބާ ކިޔަމުންނެވެ.
“ދިވެހީން ރާއްޖެ” ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެ ޖަލްސާގައި ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
15 - އޮގަސްޓު - 2023
އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމަށް މިސްބާހް
26 - ސެޕްޓެމްބަރު - 2021
ލައިވް: ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފެށިގެން ކުރިޔަށް
23 - ނޮވެމްބަރު - 2024
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
7 - ޑިސެމްބަރު - 2022
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
އަމިއްލަގޮތުން ވާދަކުރާ އަމްޖަދު، ޕީއެންސީ ކެމްޕޭނުގައި!
18 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް