މައިކަޕް 2025: ޔުނައިޓެޑް ޔޫތު ނުކުންނަނީ ރަށު ރޫހުގައި، މިރޭ ތަފާތުވާނެ: މެނޭޖަރ މާއިޒް
މައި ކަޕް 2025 ގެ ސެމީ ފައިނަލްގައި މިރޭ ޔުނައިޓެޑް ޔޫތު އަދި ދިއްދޫގެ ހީވެސްނުވޭ ޓީމް ވާދަކުރާ މެޗަށް ޔުނައިޓެޑް ޔޫތު ޓީމް ނުކުންނާނީ ހަމައެކަނި މެޗަކުން މޮޅެވެލާކަށް ނޫންކަމަށާއި އިހަވަންދޫ ފަހުރުވެރި ކޮށްދިނުމުގެ އަޒުމުގައިކަމަށް އެޓީމްގެ މެނޭޖަރ މާއިޒް ބުނެފިއެވެ.
މިރޭގެ މެޗާގުޅިގެން މިނޫހާ ވާހަކަ ދައްކަމުން މާއިޒް ބުނީ އަވަށްޓެރި ދިއްދޫ ޓީމަކީވެސް ވަރުގަދަ ޓީމެއް ނަމަވެސް ޔޫތު ޓީމްގެ ކުޅުންތެރިންނާއި މެނޭޖްމަންޓް އަދި ސަޕޯޓަރުން ތިބީ އެއަށްވުރެ މާ ވަރުގަދަ ރޫހެއްގައި ކަމަށާއި ތަފާތު މޮޅު ކުޅުމެއް މިރޭ ފެނިގެންދާނެކަމަށެވެ. އަދި އިހަވަންދޫގެ ވީހާވެސް ގިނަ ބޭފުޅުން ދަނޑަށް ހާޒިރުވެ އެޓީމަށް ސަޕޯޓުކޮށްދިނުމަށް އެދުނެވެ.
ޔުނައިޓެޑް ޔޫތަކީ އެހެން ޓީމުތަކަށްވުރެ ފަހުން މައިކަޕް މުބާރާތުގައި ބައިވެރިވަން ފެށިނަމަވެސް ކުރު މުއްދަތެއް ތެރޭގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ޓީމެވެ. އެގޮތުން މިހާތަނަށް 2 ފަހަރު މައިކަޕްގެ ޗެމްޕިއަންކަން އެޓީމް ހޯދާފައިވެއެވެ. "ތިންތަރިއަށް" އެޓީމް ނުކުމެފައިވާއިރު އެންވީކޭ އަދި ޖަންގަލް ޓީމްވެސް މަސައްކަތް ކުރަނީ މައިކަޕްގެ ތަށި ތިންވަނަ ފަހަރަށް ކާމިޔާބުކުރާ ފުރަތަމަ ޓީމަށްވެ ތާރީޚް ބަދަލުކޮށްލުމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ކަމެއް ޙާޞިލްވާނީ ހުވަފެނެއް ދެކިގެން: ޔުނައިޓެޑް ޔޫތު
31 - ޑިސެމްބަރު - 2025
މައިކަޕްގެ އެންމެ ކާމިޔާބު ޓީމަކަށް ޔުނައިޓެޑް ޔޫތް!
30 - ޑިސެމްބަރު - 2025
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ތަޖުރުބާކާރު ކޯޗާއި ޒުވާން ކޯޗްގެ ކުރިމަތިލުމެއް!
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!
25 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
ޔުނައިޓެޑް ޔޫތު މިފަހަރު ވަރަށް ތަފާތު..
29 - ނޮވެމްބަރު - 2020
ޔޫތުގެ ބައިލައްކަ ރުފިޔާގެ ބިޑަށް ނޫނެކޭ ބުނެ ހާމިދު، ޓީމާއެކު ޖަންގަލް އަށް
17 - ޖެނުއަރީ - 2020
ޔޫތުން ހާންދުއަށް ބައިލައްކަ ރުފިޔާގެ ރެކޯޑް ބިޑެއް
16 - ޖެނުއަރީ - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް