މައިކަޕްގެ އެންމެ ކާމިޔާބު ޓީމަކަށް ޔުނައިޓެޑް ޔޫތް!
މިރޭ ކުޅުނު 15 ވަނަ މައިކަޕް މުބާރާތުގެ ފައިނަލް މެޗްގައި، ޖަންގަލްގެ މައްޗަށް ކުރިހޯދައި، 3 ވަނަ ފަހަރަށް މައިކަޕް ފުޓް ބޯޅަ މުބާރާތް ކާމިޔާބު ކުރުމާއިއެކު، ޔުނައިޓެޑް ޔޫތަކީ މައިކަޕްގެ އެންމެ ކާމިޔާބު ޓީމަށް ވެއްޖެއެވެ.
2014 ވަނަ އަހަރު ވުޖޫދުވި ޔުނައިޓެޑް ޔޫތުންވަނީ 2015، އަދި 2019 ވަނަ އަހަރުގެ އިތުރުން މިއަހަރުގެ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއާއި އެކު އެޓީމް ވެފައިމިވަނީ މައި ކަޕްގެ ތާރީހުގައި 3 ފަހަރަށް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުނު ހަމައެކަނި ޓީމަށެވެ. މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދެފަހަރު 3 ޓީމެއްވަނީ ހޯދައިފައެވެ. އެއީ މިރޭ ފައިނަލުން ބަލިވި ޖަންގަލް، އެންވީކޭ އަދި މާރަންދޫ ޔޫތް ސޮސައިޓީއެވެ.
މިރޭގެ ފައިނަލް މެޗަކީ ފޯރިގަދަ ބަލާހިތުން ބަލައިލެވޭ ކަހަލަ މެޗެކެވެ. މެޗްގެ ފުރަތަމަ ގޯލްޖެހީ ޖަންގަލް އިންނެވެ. އެއީ މެޗްގެ 33 ވަނަ މިނެޓްގައެވެ. އެގޯލް އެޓީމަށް ޖަހައިދިނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ރަންބޫޓް ހާސިލްކުރި މުންސިފްއެވެ.
މެޗުގެ 74 ވަނަ މިނެޓްގައި ޔުނައިޓެޑް ޔޫތަށް ހަމަހަމަކޮށްދިނީ ލިބުނު ހިލޭޖެހުމަކުން އެޓީމްގެ ރިޒާއެވެ. މެޗް ނިމެންދަނިކޮށް އަލީ ސަމީރުގެ ގޯލަކުން ޔޫތް ލީޑް ނެގިއެވެ. ނަމަވެސް މެޗްގެ އިތުރުވަގުތުގެ ފަހު މިނެޓްގައި ޖަންގަލްއަށް އެޓީމްގެ ޖެރީ ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޔުނައިޓެޑް ޔޫތުގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު، ޖަންގަލް ޓީމްގެ ނާއިޝްގެ ޕެނަލްޓީ ޔޫތްގެ ކީޕަރު ރިޝްފާން ދިފާއުކުރިއެވެ.
ތިންތަރި ހޯދުމުގެ މަސައްކަތް ޔުނައިޓެޑް ޔޫތުންފެށީ 2020 ވަނަ އަހަރުއެވެ. އޭގެ 5 އަހަރު ފަހުން އެޓީމް އެކަން މިވަނީ ހަގީގަތަކަށް ހަދައިފައެވެ. ކޮވިޑާއިއެކު 2020 ވަނަ އަހަރުން ފެށިގެން މައިކަޕް މުބާރާތް 2023 ވަނަ އަހަރާއި ހަމަޔަށް މެދުކެނޑުނެވެ. މިދިޔަ އަހަރު މިމުބާރާތް އަލުން ފެށިނަމަވެސް ޔުނައިޓެޑް ޔޫތުން އެމުބާރާތުގައި ވާދައެއްނުކުރެއެވެ. އެހެން ކަމުން މިއީ ތިންތަރި ހޯދުމުގެ ކެމްޕެއިން ފެށިފަހުން އެޓީމް ވާދަކުރި ފުރަތަމަ މައިކަޕް މުބާރާތެވެ.
މިތައްޓާއިއެކު ޔުނައިޓެޑް ޔޫތް ވެފައިމިވަނީ މިއަހަރު އިހަވަންދޫގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމަށެވެ. އެޓީމް މިވަނީ މައިކަޕްގެ އިތުރުން ކައުންސިލްކަޕް ކާމިޔާބުކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ކަމެއް ޙާޞިލްވާނީ ހުވަފެނެއް ދެކިގެން: ޔުނައިޓެޑް ޔޫތު
31 - ޑިސެމްބަރު - 2025
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ތަޖުރުބާކާރު ކޯޗާއި ޒުވާން ކޯޗްގެ ކުރިމަތިލުމެއް!
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ޔުނައިޓެޑް ޔޫތު ނުކުންނަނީ ރަށު ރޫހުގައި، މިރޭ ތަފާތުވާނެ: މެނޭޖަރ މާއިޒް
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!
25 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
ޔުނައިޓެޑް ޔޫތު މިފަހަރު ވަރަށް ތަފާތު..
29 - ނޮވެމްބަރު - 2020
ޔޫތުގެ ބައިލައްކަ ރުފިޔާގެ ބިޑަށް ނޫނެކޭ ބުނެ ހާމިދު، ޓީމާއެކު ޖަންގަލް އަށް
17 - ޖެނުއަރީ - 2020
ޔޫތުން ހާންދުއަށް ބައިލައްކަ ރުފިޔާގެ ރެކޯޑް ބިޑެއް
16 - ޖެނުއަރީ - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް