ރޯދަ ބާޒާރަށް 1000 އަށް ވުރެ ގިނަ މީހުން މިއަދު އިހަވަންދޫއަށް
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ބާޒާރު" ކުރުމަށްޓަކައި، ގިނަ ރަށްތަކަކުން ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ހއ. އިހަވަންދޫއަށް ޒިޔާރަތްކޮށްފިއެވެ.
އިހަވަންދޫ ރޯދަ ބާޒާރު ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ހއ. އިހަވަންދޫ، ހޯރަ، އިބްރާހިމް މޫސާ މިއަދު މިނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، މިއަދު އެކަނިވެސް ރޯދަ ބާޒާރު ކުރުމަށްޓަކައި 17 ރަށަކުން ހާހަކަށް ވުރެ ގިނަ މީހުން ވަނީ އެ ރަށަށް އައިސްފައެވެ. މީގެ ތެރޭގައި ހއ. އަތޮޅުގެ އިތުރުން ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ހިމެނެއެވެ. އިބްރާހިމް މޫސާ މައުލޫމާތު ދިންގޮތުގައި ރޯދަ ބާޒާރަށް އައުމަށް ހދ ކުޅުދުއްފުށީ ދަމް އެކްޕްރެސް ބޯޓް ހަމަޖައްސާފައިވާއިރު އިއުލާންކުރިތާ 4 ދުވަސްތެރޭ އެބޯޓްގެ ޖާގަވަނީ ފުލްވެފައެވެ. އެބޯޓުން އެކަނިވެސް 350 އެއްހާ މީހުން ދަތުރުކުރިކަމަށް އިބްރާހިމް މައުލޫމާތުދިނެވެ.
މި ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން ވަނީ، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ދަތުރުވެރިންނަށް ލުއިފަސޭހަވާނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށެވެ.
"ދަތުރުވެރިންނަށް ރަމްޒީ ހަދިޔާއެއް ދިނުމުގެ އިތުރުން، ފާހަނާ ކުރެވޭނެ އިންތިޒާމާއި އަރާމުކޮށްލެވޭނެ (ރެސްޓް ކުރެވޭނެ) އިންތިޒާމްތައް ކައުންސިލުން ވާނީ ހަމަޖައްސާފައި،" ސޮބާހް ވިދާޅުވިއެވެ.
މީގެ އިތުރުން، ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލުން ވަނީ ބަނދަރުމަތީގައި ވިޔަފާރި ކުރެވޭނެ ޚާއްސަ ސްޓޯލްތަކެއް ގާއިމްކޮށްފައެވެ. މި ސްޓޯލްތައް ދޫކޮށްފައިވަނީ އެކަމަށް އެދުނު ހުރިހާ ވިޔަފާރިތަކަށް މުޅިން ހިލޭކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުކުރުމަށް ގިނަ ބަޔަކު އިހަވަންދޫއަށް ޒިޔާރަތްކުރާކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހާހަކަށްވުރެ ގިނަމީހުން މާދަމާ އިހަވަންދޫއަށް އަންނާނެކަމަށް ލަފާކޮށް، މެހެމާނުންނަށް މަރުހަބާ ކިޔަން ކައުންސިލުން ތައްޔާރުވަނީ!
7 - ފެބްރުއަރީ - 2025
ކުރީއަހަރެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ ރަށްރަށުން ރޯދަ ބާޒާރަށް އިހަވަންދޫއަށް
18 - ޖެނުއަރީ - 2025
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް