ކަރާފަޅަންކުރި އިންތިޒާރު ނިމުމަކަށް، ނަމަވެސް އަދިވެސް ބަގުތަކާހެދި ގިނަބަޔަކަށް ކަރާ ނުފެޅެ!
ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ "ކަރާ ފެޅުން" ޕްރޮމޯޝަން، ވަރުގަދަ ޕްރޮމޯވީޑިއޯ އަކާއިއެކު އަގުހުރި އިނާމުތަކާއިއެކު އިއުލާންކުރުމުން، ކަރާފެޅުމުގެ ދަހިވެތިކަމުގައި ތިބިމީހުންގެ އިންތިޒާރަށް ނިމުން އައިސްފިއެވެ.
އުރިދޫ "ކަރާ ފެޅުން" ޕްރޮމޯޝަން، އެހެން އަހަރުތަކަށްވުރެ ފޯރުގަދަކޮށް މިއަހަރު ކުރިއަށް ގެންދިއުމަށް އުރީދޫން ނިންމިނަމަވެސް ރަމަޟާން މަސް ފެށިގެން މިއަދާހަމަޔަށްވެސް އެޕްރޮމޯޝަން ފެށޭގޮތެއްނުވިއެވެ. އުރިދޫއިން އިއްޔަ ބުނީ ކަރާ އަދި އެވައިލަބަލް ނުވާކަމަށާ އެވައިލަބަލްވުމާއިއެކު އެކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެކަން އަންގާނެކަމުގައެވެ. މިރޭވަނީ އުރިދޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންވަނީ، ކަސްޓަމަރުންކުރަމުންދިޔަ އިންތިޒާރަށް ނިމުންއާކަން އިއުލާންކޮށްފައެވެ. އޫރިދޫއިން އިރުޝާދު ދެނީ ކަރާފަޅަން ފެށުމަށް އޫރިދޫ އެޕް އަޕްޑޭޓް ކުރުމަށެވެ. ނަމަވެސް ބައެއް ކަސްޓަމަރުން އަދިވެސް ސޯޝަަލް މީޑިއާގައި ޝަކުވާކުރަމުންދަނީ އެޕްގައިހުރި ބަގްތަކާހެދި އަދިވެސް ކަރައެއް ފަޅާލެވޭވަރު ނުވާކަމަށްބުނެއެވެ.
''ކަރާ ފެޅުން'' ގޭމު ފަރުމާކޮށްފައި ވަނީ، އާއިލާއާއި ރައްޓެހިންނަށް އެކުގައި ބައިވެރިވެވޭ ގޮތަށެވެ. އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުޅެވޭ އެ ގޭމުގައި 'ރަތް ލަޝްކަރު' ނުވަތަ 'ނޫ ލަޝްކަރު'ގައި ހިމެނިގެން ކުޅެވޭނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެ ގޭމުން އެންމެ ބޮޑު އިނާމަކަށް ލިބެނީ، އެއް ލައްކަ ރުފިޔާގެ ކްރިއޭޓާ ބަންޑަލްއެކެވެ. އޭގެތެރޭގައި ހިމެނެނީ، އައިފޯން 17 ޕްރޯއަކާއި މެކްބުކަކާއި އައިޕެޑަކާއި ދެ ޑްރޯންއަކާއި އޮސްމޯ ޕޮކެޓް ކްރިއޭޓާއެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ބައިނަލްއަގްވާމީ ފެންވަރުގެ ޑާޓާ ސެންޓަރއެއް އުރީދޫއިން ރާއްޖޭގައި ހުޅުވައިފި
19 - މާރިޗު - 2021
މިސްކިތްމަގުން އުފާވެރިކަން، އިންތިޒާރުގެ ނިމުން މިރޭ
21 - އޮގަސްޓު - 2020
ކޮވިޑް-19: މުޅި އިހަވަންދޫ ނަތީޖާގެ އިންތިޒާރުގައި
6 - އޮގަސްޓު - 2020
ކައިވެނި ކުރަން ޖެހޭނީ ވީހާވެސް ގިނަބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑުގޮތެއްގައި : ހުތުބާ
29 - ނޮވެމްބަރު - 2019
ކައިވެނި ކުރަން ޖެހޭނީ ވީހާވެސް ގިނަބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑުގޮތެއްގައި : ހުތުބާ
29 - ނޮވެމްބަރު - 2019
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ކުރީގެ ޗެމްޕިއަނުން މުބާރާތްފެށީ މޮޅަކުން
20 - ސެޕްޓެމްބަރު - 2026
މުހައްމާ ޕީއެންސީގެ ސެނެޓަށް އިންތިހާބުވެއްޖެ!
18 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: މުބާރާތް ފަށާނީ ޖަންގަލް އަދި ބާރަލާ ބައްދަލުކުރާ މެޗުން
17 - ސެޕްޓެމްބަރު - 2026
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ޒަރޫރީ ސަބްސްކްރިޕްޝަންތަކަށްވެސް ލިމިޓެއް ކަނޑައަޅައި އީ-ކޮމާސް މުއާމަލާތްތައް އިތުރަށް ހަރުކަށިކޮށްފި!
13 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް