އާރު.ޑީ.ސީ އިހަވަންދޫ ސައިޓަށް މިއަދު 14 އަށްވުރެ ގިނަ މުވައްޒަފުން ނަގައިފި!
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިހަވަންދޫ ސައިޓަށް، މިއަދު އެކަނިވެސް 14 އަށްވުރެ ގިނަ މުވައްޒަފުން އަލަށް ވަޒީފާއަށް ނެރެފިއެވެ.
މިކަމުގެ މަޢުލޫމާތު ހުރި ބައެއް ފަރާތްތަކުން މި ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަލަށް ވަޒީފާ ދީފައިވާ މީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. އަދި މި ފަހަރު ނެގި މުވައްޒަފުންގެ ތެރޭގައި ގިނައީ މެނޭޖްމެންޓް ލެވެލްގެ މަގާމުތަކަށް ނެގި މީހުންކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި މެނޭޖަރުން، އެސިސްޓެންޓް މެނޭޖަރުން، އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރުން އަދި ސްޕަވައިޒަރުން ހިމެނެއެވެ.
އިހަވަންދޫގައި ހިންގާ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ އާރު.ޑީ.ސީ އާއެވެ. ނަމަވެސް، ކުންފުންޏަށް މުވައްޒަފުން އިތުރުކުރަމުން ދާއިރު، އަމަލީ މަސައްކަތްކުރާ ސަޕޯޓް ސްޓާފުންނަށްވުރެ ބޮޑަށް މެނޭޖްމެންޓް ލެވެލްގެ މުވައްޒަފުން ނެގުމަށް އިސްކަންދީފައިވާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެކި ސަބަބުތަކާއިހުރެ އެކުންފުނިން އިހަވަންދޫގައި ހިންގަމުންދާ ޕްރޮޖެކްޓްތައް ކުރިޔަށްދަނީ ބަރަވެލި ސްޕީޑްގައެވެ.
އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވީ ނަމަވެސް، އިއްތިފާގަކުން ނަމަވެސް އިހަވަންދޫގައި ހުރި ސަރުކާރުގެ އެކި ކުންފުނިތަކަށް މި ދުވަސްވަރު ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ އައްޔަންކުރަމުންނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، ފެނަކަ އިހަވަންދޫ ބްރާންޗަށްވެސް އިންތިޚާބާ ދިމާކޮށް މިހާތަނަށް 22 މުވައްޒަފުން ވަނީ ނަގާފައެވެ. އާރު.ޑީ.ސީ އަށް މިއަދު ނެގި 14 މުވައްޒަފުންނާއެކު އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އިހަވަންދޫގައި އޮފީސް ގާއިމްކުރިތާ ދެ އަހަރު ވެފައިވާއިރުވެސް އެއްވެސް ޚިދުމަތެއް ފަށާފައިނުވާ ވެމްކޯ ސައިޓަށްވެސް މި ދުވަސްވަރު ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރަމުންދާއިރު މިކަމަކީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ސޮބާހް އާރުޑީސީ އިހަވަންދޫ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމަށް!
6 - ސެޕްޓެމްބަރު - 2026
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
އިހަވަންދޫ މަގުތަކުގެ ހާލަތު މިއިން ދުވަހަކު ނުދާހާ ދަށަށް!
7 - ޖޫން - 2026
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
އާރުޑީސީ އިހަވަންދޫ ސައިޓަށް 14 މުވައްޒަފުން ހޯދަނީ!
29 - މާރިޗު - 2026
ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފި..
24 - މާރިޗު - 2026
އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!
15 - މާރިޗު - 2026
އާރުޑީސީ އުލިގަން ސައިޓަށް 50 މުވައްޒަފުން ހޯދަނީ!
15 - މާރިޗު - 2026
އުލިގަމު ސްކޫލްގެ މަލްޓި-ޕާޕަސް ހޯލާއި ސްޓާފް ރޫމްގެ މަސައްކަތް އާރުޑީސީއަށް
5 - ފެބްރުއަރީ - 2026
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
4 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް