ޚަބަރު

އިހަވަންދޫގެ ދެ ޒުވާނަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި !

އިހަވަންދޫގެ ދެ ޒުވާނަކު މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ. މާވަހަރެއްކަމަށް ބެލެވޭ އެތި ހޮވާފައިވަނީ ރެކްރިއޭޝަނަލް މަސްވެރިކަމަށް ނުކުމެ އެޅެނިކޮށް މިއަދު ހެނދުނު 9:30 އާއި 10:00 އާއި ދެމެދުއެވެ.

މިނޫހާއި ވާހަކަދައްކަމުން އޭގެތެރެއިން އެއް ޒުވާނަކުބުނީ އޭގައި 3-5 ކިލޯއާއި ދެމެދުގެ ބަރުދަން ހުންނާނެ ކަމުގައެވެ.

"އަދި ނުއެއް ކިރަން. ދަންނަ މީހުންނަށް ދައްކަމުން މިދަނީ އޭގެ ހަޤީގަތް ބަލަން" އޭނާ ބުންޏެވެ. 

2018 ވަނަ އަހަރު އިހަވަންދޫގެ "މާހޯރަ 3" ދޯނިން ބަރުދަނުގައި 12 ވަރަކަށް ކީލޯ ހުންނަވަރުގެ މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވިއެވެ. އަދި އޭގެ ކުރިން 2015 ވަނަ އަހަރު، އިހަވަންދޫ "އައްޑަނަ" ދޯނިން  60 ކިލޯގެ ބަރުދަންހުރި މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވިއެވެ. ނަމަވެސް ތަހުލީލުތަކުން ދެއްކީ އެއީ މާވަހަރު ނޫންކަމުގައެވެ. 

މީގެ އިތުރުން އިހަވަންދޫއިން ސްޕޯޓްސް ފިޝިންގއަށް ނިކުމެ އުޅުނު ޑިންގީއަކުން 2020 ވަނަ އަހަރުވެސް 4 ވަރަކަށް ކިލޯގެ ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވިއެވެ. ނަމަވެސް އެވެސްވީ ތެއޮގަނޑަކަށް ކަމަށް އެ ހޮވިމީހާ ބުންޏެވެ.