ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލަށް ވާދަކުރާ ތިން ޓީމުގެ ތެރެއިން، ކައުންސިލްގެ މެޖޯރިޓީ ހޯދާނެ ކަމަށް ބެލެވެނީ ކޮން ޓީމަކުންތޯ ބެލުމަށް ކިޔުންތެރިންގެ މެދުގައި ޚިޔާލު ހޯދުމުގެ ޕޯލެއް އިހަވަންދޫ.ކޮމް އިން ހުޅުވާލައިފިއެވެ.
މި ޕޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ.ކޮމްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕްގައެވެ. މިރެއިން ފެށިގެން ހުޅުވާލާއިފަވާ މި ޕޯލްގައި ވޯޓުލުމުގެ ފުރުސަތު މި މަހުގެ 3 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އޮންނާނެއެވެ. ޕޯލްގެ ނަތީޖާ އެ ދުވަހުގެ 14:15 ގައި އާންމުކޮށް އިއުލާންކުރުމަށް ވަނީ ނިންމާފައެވެ. poll.ihavandhoo.com އަށް ޒިޔާރަތްކޮށްގެން މި ޕޯލްއަށް ވޯޓް ލެވޭނެއެވެ.
މި ޕޯލްގައި ކޮންމެ ބޭފުޅަކަށްވެސް ލެވޭނީ އެންމެ ވޯޓެކެވެ. އަދި އެއްފަހަރު ވޯޓު ދިނުމަށްފަހު، ފަހުން އެ ވޯޓު ބަދަލެއް ނުކުރެވޭނެއެވެ.
މީގެ ކުރިންވެސް އިންތިހާބާ ގުޅޭ މިފަދަ ޕޯލްތައް އިހަވަންދޫ.ކޮމްގެ ފޭސްބުކް ޕޭޖްގައި ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް، ފޭސްބުކް ޕޯލްތަކުގައި ވޯޓުލާ ފަރާތްތަކުގެ މައުލޫމާތު ފެންނަން ހުންނާތީ، ކިޔުންތެރިންގެ ޕްރައިވެސީ ރައްކާތެރިކުރުމުގެ ގޮތުން މިފަހަރުގެ ޕޯލް ވައިބަރ މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމީއެވެ.
މިފަހަރުގެ ޕޯލްގައި ބައިވެރިންނާ ސުވާލުކޮށްފައިވަނީ، އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ ހޯދާނީ ވެރިކަން ކުރާ ޕީއެންސީންތޯ، އިދިކޮޅު އެމްޑީޕީންތޯ ނުވަތަ އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ވާދަކުރާ "ރައްޔިތުންގެ ޓީމު" ތޯއެވެ. އަދި އެއްވެސް ޓީމަކަށް ވޯޓް ދޭން ބޭނުން ނުވާނަމަ "ހުސް" އޮޕްޝަންއަށްވެސް ވޯޓް ދެވޭނެއެވެ.
މި އިންތިހާބަކީ އިހަވަންދޫގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އަދި އެންމެގިނަ ކެނޑިޑޭޓުން ވާދަކުރާ އިންތިހާބެވެ.
ގުޅުން ހުރެދާނެ ލިޔުން
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
އ.ތ.މ.ކ ނައިބު ނަޝީދާ، މިފަހަރު ސޮބާހް ޓީމާއިއެކު ރައީސާ ކަމަށް!
26 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
3 ވޯޓުގެ ތަފާތަކުން އައިޝާއަށް ގާތްގަނޑަކަށް ގޮނޑި ކަށަވަރުވެއްޖެ!
7 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް