އިހަވަންދޫ ޕޮލިސްޓޭޝަނުގެ މަސައްކަތް އަންނަމަހު ފަށަނީ!
އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް، އިހަވަންދޫގައި އިމާރާތްކުރުމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައިވާއިރު އެމަސައްކަތް އަންނަމަހުގެ 20 ވަނަ ދުވަހުގެ ކުރިން ފެށޭނެކަމަށް ލަފާކުރެވޭކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދީފިއެވެ. ފުލުހުން މިގޮތަށް މައުލޫމާތު ދީފައިވަނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ މަސައްކަތް އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ އެމަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 38.9 މިލިއަން ރުފިޔާ (38،916،962.38ރ) ގެ އަގަކަށެވެ. ފުލުހުންގެ މަރުކަޒެއް، އިހަވަންދޫގައި އިމާރާތްކުރުމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. އަދި އާރުޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ.
އިހަވަންދޫގައި އިމާރާތްކުރަނީ އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއްކަމުން، އިހަވަންދޫގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް ކުރިން ހާއްސަކޮށްފައިވާ ބިމަކީ އެފަދަ މަރުކަޒެއް ޤާއިމްކުރުމަށް ކުޑަ ބިމެއްކަމުން، ބޮޑު ބިމެއް ހަމަޖައްސައި ދިނުމަށް ފުލުހުންގެ ހިދުމަތުން އިހަވަންދޫ ކައުންސިލްގައި އެދުމުން، އިހަވަންދޫ ކައުންސިލުންވަނީ ފުލުހުން ބޭނުންވާވަރުގެ ބިމެއް އެކަމަށް ހަމަޖައްސާފައެވެ.
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން މިހާރުވެސް ގެންދަނީ އިހަވަންދޫގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިންދަނީ ކުރަމުންނެވެ. އަދި މިހިނގާ އޭޕްރީލް މަހު އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށްވެސް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެކުންފުނިން ސީއެސްއާރުގެ ދަށުންވެސް އިހަވަންދޫގައިވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އިހަވަންދޫ ސްކޫލްގެ ޕްލޭ ގުރައުންޑްގައި ޓާފްއެޅި ދަނޑެއް ތަރައްޤީ ކޮށްފައިވާއިރު އާމިނާދިޔޯ ސިއްޙީމަޒުކަޒުގެ ވޯކްވޭވެސްވަނީ ހަދައިދީފައެވެ. އަދި އެކުންފުނިން މިހާރު އަންނަނީ ކާފަ މާމަ މައިޒާނުގެ ބައެއް މަސައްކަތްތައްވެސް ކޮށްދެމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް، އިހަވަންދޫގައި އިމާރާތްކުރުމަށް އާރުޑީސީއާއި ހަވާލުކޮށްފި
27 - މާރިޗު - 2025
އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 - ސެޕްޓެމްބަރު - 2026
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
ހީނާމާގެއަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކުރި
25 - އޮކްޓޯބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
200 އަށްވުރެ ގިނަ ކުދިންނާއިކު "90 ރަން" ބާއްވައިފި
13 - މޭ - 2023
ފުލުހުންގެ "ކުޑަކުދިންގެ ހަވީރު" މިއަދު ހަވީރު އޮންނާނެ
24 - ސެޕްޓެމްބަރު - 2022
ނެއިބަރހުޑް ވޮލީބޯލް ކަޕް 2022 ފަށައިފި
12 - ސެޕްޓެމްބަރު - 2022
އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން މާރަންދޫގައި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި
27 - ސެޕްޓެމްބަރު - 2021
ހުއްދަ ނުހޯދާ އިހަވަންދޫއަށް އެރި މީހަކު ޖޫރިމަނާކޮށްފި
20 - މޭ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް