އިހަވަންދޫ ހުވާސް ފިހާރައިން ވަގަށްނެގި ތިޖޫރީ ހޯދައިފި
ހއ. އިހަވަންދޫ ހުވާސް ފިހާރައިން ވަގަށް ނެގި ތިޖޫރީ އިހަވަންދޫ އިރުމަތީ ފަރާތު މޫދުން ހޯދައިފިއެވެ.
އާއްމުންގެ ތެރެއިން ލިބުނު މައުލޫމާތު ތަކުން އެނގޭ ގޮތުގައި ތިޖޫރީ ފެނުނުއިރު ތިޖޫރީ ވަނީ ހުޅުވާފައެވެ. އޭގެ ތެރޭގައި ފައިސާ ހުރިކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
މައުލޫމާތު ލިބޭގޮތުގައި ހަވީރު ވަގުތު އިހަވަންދޫގެ މިސްކިތްމަގު މައިޒާންއާ ދިމާ މޫދުގެ ދެފެންދޭތެރޭން ފައިސާ ނޫޓުތައް ފެންނަން ފެށުމުން ފުލުހުންވަނީ އެސަރަހައްދުގެ މޫދު ފީނާގެން ބަލަން ފަށާފައެވެ. އިއްޔެ ހަވީރުން ފެށިގެން ފުލުހުން ދަނީ އިހަވަންދޫ އިރުމަތީ ފަރާތުން ނޫރާނީމަގާއި ކޮފަލިހިނގުން ހިމެނޭ ސަރަހައްދުގެ ގޮނޑުދޮށް ކޯޑަންކޮށް ހޯދާ ބަލަމުންނެވެ.
މިކަމާ ގުޅިގެން މިހާތަނަށް އަދި ފުލުހުންގެ ބަހެއް ނުލިބޭއިރު، މިއަދު ހަވީރު 5:40 ހާއިރުން ފެށިގެން ފުލުހުން ދަނީ އިހަވަންދޫގެ މިސްކިތްމަގުން ފެށިގެން ނޫރާނީމަގާ ހަމައަށް ގޮނޑުދޮށާއި މޫދު ބަލާ ފާސްކުރަމުންނެވެ.
ފުލުހުން މިސަރަހައްދު ބަލަމުންދާއިރު، އިހަވަންދޫގެ ގެއެއް ބަލާ ފާސްކުރަމުންދާކަމުގެ މައުލޫމާތުވެސް މިނޫހަށް ވަނީ ލިބިފައެވެ. ފާސްކުރަމުން ދަނީ އިހަވަންދޫގެ އިރު ދެކުނު ފަރާތުގައި ހުރި ގެއެކެވެ.
ހުވާސް ފިހާރަ ފަޅާލައި ވައްކަންކޮށްފައިވާއިރު، އެފިހާރާގެ ފައިސާ ރައްކާކުރާ ތިޖޫރީގައި ހުރި 230000 ރުފިޔާއާއެކު ތިޖޫރީ ވަނީ ވަގަށް ނަގާފައެވެ. އަދި ކޭޝިއަރ ކައުންޓަރގެ ވަތްގަނޑުގައި ހުރި ފައިސާވެސް ވަނީ ވަގަށްނަގާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ހުވާސް ފިހާރައިން ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ހޯދައިފި
4 - ފެބްރުއަރީ - 2021
ލޯކަލް ޓްރޭޑަރސް ފަޅާލައި ވައްކަން ކޮށްފި
26 - އޮގަސްޓު - 2026
ފޮޓޯ: ލޯކަލްޓްރޭޑަރސް ފަޅާލައި ވައްކަންކުރުން
26 - އޮގަސްޓު - 2026
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ބަދަލުކުރުމަށް 6 މަސް
25 - ޑިސެމްބަރު - 2024
ހީނާމާގެއަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކުރި
25 - އޮކްޓޯބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
1 - ޑިސެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް