ޚަބަރު

ދިގުފަރު ޕްރޮޖެކްޓް: މިނިސްޓަރު ސައީދު ދެއްވީ ޔަޤީންކަން!

ދިގުފަރު ޕްރޮޖެކްޓް: މިނިސްޓަރު ސައީދު ދެއްވީ  ޔަޤީންކަން!
Advertisement Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްކަމަށްވާ ދިގުފަރު ހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށްދާނެކަމުގެ ޔަޤީންކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ކުރިޔަށްގެންދިޔަ ސަރުކާރުގެ 'އަހާ ފޯރަމް' ގައި، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެމްބަރު އަހްމަދު ރިޞްވާން (ޖިޒުވާން) ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. ރިޞްވާން މިނިސްޓަރު ސަޢީދަށް އަމާޒުކޮށް ކުރި ސުވާލަކީ، ރައީސްގެ ވައުދެއް ކަމަށްވާ ދިގުފަރު ޕްރޮޖެކްޓްގެ ތަފްސީލް ދެއްވުމަށް އެދިއެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ބޭއްވި ސަރުކާރުގެ "އަހާ ފޯރަމް" ގައި، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރު އަޙްމަދު ރިޟްވާން (ޖިޒުވާން)، ދިގުފަރު ޕްރޮޖެކްޓްގެ ތަފްސީލު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ، ދިގުފަރު ހިއްކުމަށްފަހު އެތަނުގައި އިހަވަންދޫގެ ރައްޔިތުންނަށް އިންޑަސްޓްރިއަލް ޒޯނެއް ތަރައްޤީކޮށްދިނުމަކީ ރައީސްގެ ވައުދެއް ކަމަށެވެ. އަދި އިހަވަންދޫގައި ރައްކާތެރިކަމެއް ނެތި ފައިބަރުގެ މަސައްކަތް ކުރަމުންދިއުމަކީ އެރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެކަމަށް ތަސައްލީއެއް ހޯއްދަވައިދެއްވުމަށްޓަކައި ރައީސް ވަނީ ވައުދުވެވަޑައިގެންފައި، އެ ފަޅު ހިއްކުމަށްފަހު އެރަށުގެ ރައްޔިތުންނަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް،" މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގެ މަޝްވަރާތައް ކުރިއަށްދާއިރު، އިންވެސްޓް ކުރާނެ ފަރާތްތަކާއެކު މިހާރުވެސް ވާހަކަތައް ދެކެވޭ ކަމަށެވެ.

"އިންވެސްޓް ކުރާނެ ފަރާތަކާއެކުވެސް މިދަނީ އެވާހަކަ ދައްކަމުން. އެއީ ރައީސްގެ ވައުދުފުޅެއްކަމާއި، އެތަނުގައި ބިން ހިއްކުމަށްފަހު އިހަވަންދޫ ރައްޔިތުންނަށް ފައިބަރުގެ މަސައްކަތާއި އިންޑަސްޓްރިއަލް މަސައްކަތް ކުރެވޭނެ ގޮތް އޮންނަންވާނެކަމަށް، އަދި އެފަރާތުންވެސް ވަނީ އުސޫލީގޮތުން (އިން ޕްރިންސިޕަލް) އެކަމަށް އެއްބަސްވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެފަރު ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން އަމަލީގޮތުން ފެނިގެންދާނީ އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ފެށުމުން ކަމުގައެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް