ޚަބަރު

އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްސޓަރު ޝިޔާމް

އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްސޓަރު ޝިޔާމް
Advertisement Advertisement

އިހަވަންދޫ ކޯލްޑް ސްޓޯރޭޖް (ފިޝަރީޒް ކޮމްޕްލެކްސް)ގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވުންފިޔަވާ އިތުރު އެއްވެސް ތަފްސީލެއް އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ނުދެއްވައެވެ.  އެކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިނޫހުންވާނީ، ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގައި އެދިފައެވެ. ނަމަވެސް މި ހަބަރު ޕަބްލިޝް ކުރުމާއި ހަމަޔަށްވެސް އިތުރު މައުލޫމާތު ލިބޭގޮތެއް ނުވެއެވެ. 

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބީންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އިހަވަންދޫ އާއި އެކު ރާއްޖޭގެ 7 ސަރަހައްދެއްގައު ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް އެބަގެންދެއެވެ. އޭގެތެރޭގައި ހިމެނެނީ، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ގދ. ތިނަދޫ، ހއ. އިހަވަންދޫ، މ. މުލައް، ކ. ކަނޑުއޮތްގިރި އަދި ތ. ހިރިލަންދޫއެވެ. އެފެސިލިޓީ ތަކުގެ ތެރެއިން މަސައްކަތް ކުރިޔަށްދާ ގޮތަށް ބަލާއިރު އެންމެ ލަސް ސްޕީޑެއްގައި  މަސައްކަތް ކުރިޔަށްދަނީ އިހަވަންދޫ ފެސިލިޓީގައި ކަން ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހާމަކޮށްފައިވާ މައުލޫމާތުން އެނގެއެވެ. 

އެމިނިސްޓްރީއިން ބުނާގޮތުގައި އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ %2 މަސައްކަތް މިހާރުވަނީ ނިމިފައެވެ. ބެލެވޭގޮތުގައި އެ %2 މަސައްކަތްކީ، އެފެސިލިޓީގެ ބިންގާ އަދި ފެސިލިޓީއަށް ބޭނުންވާ ބަނދަރު ފުންކުރުމުގެ ނަމުގައި އެމްޓީސީސީ އިން އެސަރަހައްދުން ވެލިނެގި ނެގުމުގެ މަސައްކަތެވެ. ނަމަވެސް މިނިސްޓަރު ޝިޔާމް އެޅި ބިންގާ އެސަރަހައްދުން މިހާރު ފެންނަން ނެތްއިރު، އެމްޓީސީސީ އިން ވެލި ނެގި ސަރަހައްދުވެސް މިހާރުވަނީ ތިލަވެފައެވެ.  

 

 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް