އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު، އެކުލަވާލާ ހިންގާނެ ގޮތުގެ އުޞޫލު ފާސްކޮށްފިއެވެ. އެއުސޫލް ފާސްކޮށްފައިވަނީ މިދައުރުގެ 20 ވަނަ އާންމު ޖަލްސާގައެވެ.
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ މަޤްޞަދަކީ، ކައުންސިލްގެ ނިންމުން ތަކުގަޔާއި ތަރައްޤީ ޕްލޭންތައް އެކުލަވާލުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ކައުންސިލަށް ހޯދުމާއި، ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކަށް ކައުންސިލް މެދުވެރިކޮށް ހައްލު ހޯދުމުގެ އިތުރުން ޒުވާނުންގެ ލީޑާޝިޕް ހުނަރުތައް ތައްޤީކޮށް، މުޖުތަމަޢަށް ފައިދާހުރި ހަރަކާތްތަކެއް ހިންގުމެވެ. ބޯޑް އެކުލަވާލައި ހިންގާނެގޮތުގެ އުސޫލުގައިވާގޮތުން، ބޯޑު އެކުލެވޭނީ 11 މެންބަރުންގެ މައްޗަށެވެ. ބޯޑްގެ ރައީސްގެ ގޮތުގައި ކައުންސިލްގެ ރައީސް ހުންނަވާއިރު، ބޯޑްގެ ނައިބް ރައީސް އިންތިހާބުކުރާނީ ބޯޑުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ރަށުގައި ރަޖިސްޓްރީކޮށްގެ ހިންގާ ކްލަބް ޖަމިއްޔާތަކުން 2 މެމްބަރުން ބޯޑްގައި ތިއްބަވާއިރު، ރަށުގެ ޒުވާނުންގެ ތެރެއިން ހޮވައިލެވޭ ފިރިހެން 4 އަދި އަންގެން 4 މެމްބަރުން ތިއްބަވާނެއެވެ. 2 އަހަރު ދުވަހުގެ މުއްދަތައް އައްޔަންކުރާ މިބޯޑް މެމްބަރުންނަށް ވެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް