އިހަވަންދޫ ޣާޒީ ދަނޑުގައި ޓާފު އެޅުމަށް ބޭނުންވާ ސާމާނު ރަށަށް ގެނެސްފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޓާފު ފުޓުބޯޅަ ދަނޑުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިއަދު އެރަށަށް ގެނެސްފިއެވެ.

އިހަވަންދޫ ޣާޒީ ދަނޑުގައި ޓާފު އެޅުމަށްޓަކައި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު އެވެ. އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން އެކުންފުނީގެ ލޭންޑިންގ ކުރާފްޓުގައި މިއަދު އިހަވަންދޫއަށް އައިސް ވަނީ މަސައްކަތަށް ބޭނުންވާ ސާމާނު ޣާޒީ ދަނޑަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.

ހއ. އިހަވަންދޫ ޣާޒީ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.