ދިއްދޫގެ 170 ގެއެއް ކަރަންޓީނުގައި، އެކްޓިވް ކޭސް ތަކުގެ އަދަދު 40 އިން މައްޗަށް
ހއ. ދިއްދޫގައި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު ޖުމުލަ 45 އަށް އަރައިފިއެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން މިއަދު އާއްމުކުރި މައުލޫމާތު ތަކަށް ބަލާއިރު، މިވަގިތު އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ އަދަދަކީ 45 އެވެ.
ދިއްދޫއިން މެއި މަހުގެ 1 ވަނަ ދުވަހު ފުލޫކުލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން މިހާތަނަށް ޖުމުލަ 381 މީހެއްގެ ސާމްޕަލް އެރަށުން ނަގާފައިވާ ކަމަށް ހޮސްޕިޓަލުން އާއްމުކުރި މައުލޫމާތު ތަކުން ދައްކައެވެ. އޭގެ ތެރެއިން 203 މީހެއްގެ ސާމްޕަލް ނެގެޓިވްވެފަ ވާއިރު، އަދި ނަތީޖާ ނުލިބޭ 137 ސާމްޕަލެއް ވެއެވެ. ނަތީޖާދަށް ލިބެމުންދާވަރަކަށް ދިއްދޫގެ އެކްޓިވް ކޭސްތަކުގެ ނަންބަރުވެސް މައްޗަށް ދާކަން ފާހަގަ ކުރެވެއެވެ.
މިވަގުތު ދިއްދޫގެ ކޮވިޑު އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަނީ ފުރަބަންދުގައި ތިބި 4 މީހުންނާއި ، މެއި 1 ގައި ފައްސިވި ފުލޫ ކޭސް އަދި އެކޭހުގެ ޑައިރެކްޓު ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ 40 މީހުންނެވެ.
ދިއްދޫ ކައުންސިލްގެ އިދާރާއިން މިއަދު ހާމަކުރި މައުލޫމާތު ތަކަށް ބަލާއިރު، މިވަގުތު އެރަށުގެ ޖުމުލަ 170 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިއްދޫގެ މޮނިޓަރިން އުވާލައިފި
6 - ޖޫން - 2021
ދިއްދޫގެ އަދަތުތައް މައްޗަށް، ފިޔަވަޅުތައް ހަރުކަށި ކޮށްފި
6 - މޭ - 2021
އިތުރު 6 މީހަކު ފައްސިވެ ދިއްދޫގެ ޖުމުލަ ފައްސި 23 އަށް
4 - މޭ - 2021
ދިއްދޫން 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ
2 - މޭ - 2021
ހއ. ދިއްދޫ މޮނިޓަރިންނަށް
2 - މޭ - 2021
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ޕީސީއާރާ ނުލައި މިހާރު އިހަވަންދޫ އަށް ދަތުރުކުރެވޭނެ
9 - ނޮވެމްބަރު - 2021
މާސްކުނާޅައިގެން އިހަވަންދޫން ތިންމީހަކަށް ފިޔަވަޅު އަޅައިފި
22 - މޭ - 2021
އިހަވަންދޫން މީހަކު ޕޮޒިޓިވް ވުމާއިއެކު އައު ފިޔަވަޅުތަކެއް
11 - މޭ - 2021
އިހަވަންދޫގައި އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކް އަޅަނީ އެންމެ 29 އިންސައްތަ މީހުން
2 - މޭ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް