މާސްކުނާޅައިގެން އިހަވަންދޫން ތިންމީހަކަށް ފިޔަވަޅު އަޅައިފި
ކޮވިޑް-19 އާއި ގުޅިގެން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅަން މަޖުބޫރުކުރި އެންގުމާ ހިލާފުވެގެން ހއ. އިހަވަންދޫން 3 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
ހއ. އިހަވަންދޫ އީއޯސީގެ މެމްބަރ އާމިނާދިޔާ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު އަކްރަމް ވަނީ މިކަން އިހަވަން އޮންލައިން އަށް ކަށަވަރުކޮށްދެއްވާފައެވެ.
މުޙައްމަދު އަކްރަމް ވިދާޅުވީ، އިހަވަންދޫގައި މާސްކުއަޅާ މީހުންގެ ނިސްބަތް ކުރިއަށްވުރެ އެތައްތަނެއް މިހާރު ރަނގަޅުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. މިކަމަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުން ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރައްވަމުން އަކްރަމް ވިދާޅުވީ އެޗްޕީއޭގެ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުންވެސް ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި އުސޫލާއި އެއްގޮތަށް އުޅުމަށް ނަސޭހަތް ތެރިވާ ކަމަށެވެ.
އެޗްޕީއޭގެ އުސޫލު ތަންފީޒުކުރުމުގައި އިހަވަންދޫ އީއޯސީ ފުލުހުންނާއި ކައުންސިލްގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލެއްވުން އަކްރަމް ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
މާސްކުނާޅާ ބޭރުތެރޭގައި އުޅެގެން ތިންމީހަކު ޖޫރިމަނާ ކޮށްފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ހއ. ދިއްދޫއިން އިހަވަންދޫއަށް ދަތުރު ކުރި ދޯންޏަކުން ހުއްދަ ނުހޯދަ އިހަވަންދޫއަށް އެރި ދިވެއްސެއްވެސް ޖޫރިމަނާ ކޮށްފައެވެ. މިއެންމެންވެސް ޖޫރިމަނާ ކޮށްފައިވަނީ 1000 ރުފިޔާ އިންނެވެ.
އިހަވަންދޫގައި މިވަގުތު ކޮވިޑުބަލީގައި 3 މީހަކު ތިބިއިރު އެއީ ފުރަބަންދުގައި ތިބި 3 މީހުން ކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ ހާމަކޮށްފައެވެ.
ފަހަކައް އައިސް ރާއްޖެ އިން ކޮވިޑުބައްޔަށް ފައްސިވާ މީހުންނާއި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް އެ ބަލި ޖެހިގެން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެއިން މި ބަލީގައި ނިޔާވި ދިވެހިންގެ އަދަދު މިހާރު ވަނީ 106 އަށް އަރައިފައެވެ. އަދި މި ބަލި ޖެހިގެން 15 ބިދޭސީއަކު ވަނީ ނިޔާވެފައެވެ. ކޮވިޑު ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިއަދުގެ މެންދުރު 12:00 އާ ހަމައަށް ވަނީ 121 އަށް އަރައިފައެވެ.
ހެލްތު ޕުރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އިން މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 31،000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާ އިރު، 21،000 އަށް ވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. މިވަގުތު ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައި ތިބީ 286 މީހުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ޕީސީއާރާ ނުލައި މިހާރު އިހަވަންދޫ އަށް ދަތުރުކުރެވޭނެ
9 - ނޮވެމްބަރު - 2021
އިހަވަންދޫން މީހަކު ޕޮޒިޓިވް ވުމާއިއެކު އައު ފިޔަވަޅުތަކެއް
11 - މޭ - 2021
އިހަވަންދޫގައި އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކް އަޅަނީ އެންމެ 29 އިންސައްތަ މީހުން
2 - މޭ - 2021
އިހަވަންދޫ ކަރަންޓީނުން ނަގައިފި
8 - އޮގަސްޓު - 2020
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ބަދަލުކުރުމަށް 6 މަސް
25 - ޑިސެމްބަރު - 2024
ހީނާމާގެއަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކުރި
25 - އޮކްޓޯބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
1 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް