ޕީސީއާރާ ނުލައި މިހާރު އިހަވަންދޫ އަށް ދަތުރުކުރެވޭނެ
ކަނޑައެޅިފައިވާ މިންގަނޑުތަކަށް ކޮވިޑް ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ލިސްޓްގައި ހއ. އިހަވަންދޫ ހިމެނިއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި މިންގަނޑަށް ވެކްސިން ފުރިހަމަ ކުރި ރަށްތަކުގެ ލިސްޓްގައި އިހަވަންދޫ ހިމެނުމުން ކޮވިޑުން ދިފާޢުވުމަށް ދެވޭ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓާ ނުލައި އިހަވަންދޫއަށް ދަތުރުކުރެވޭނެ އެވެ.
ކަރަންޓީންވުމާއި ޕީސީއާރު ހެދުމުގައި އަމަލުކުރެވޭނެ ގޮތާގުޅޭގޮތުން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްނަމަ، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ހަމަވެފައިވާނަމަ، ދަތުރު ފަށާ ރަށުގައި ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސަތައަށްވުރެ ދަށްނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށާއި، އަދި ޕީސީއާރު ޓެސްޓް ނުހަދާވެސް ދަތުރުކުރެވޭނެކަމަށެވެ.
އަދި ދަތުރު ފަށާ ރަށުގައި ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސަތައަށްވުރެ މަތި ނަމަ ދަތުރުކުރެވޭނީ ފުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކުކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.
އެކަމަކު ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ހަމަވެފައިވީ ނަމަވެސް 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީސީއާރު ޓެސްޓް ހަދަންޖެހޭނެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރަށުގައި ދިރިއުޅޭ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 12 އަހަރުންމަތީގެ އާބާދީގެ 90 އިންސަތައަށް ވެކްސިން ފުރިހަމަވާންޖެހެ އެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 އިންސަތައަށް ވެކްސިން ފުރިހަމަވުމުގެ އިތުރަށް ގެސްޓް ހައުސް ހުންނަ ރަށްރަށުގައި ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާމީހުންނާއި ޓޫރިސްޓް ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 އިންސަތައަށް ވެކްސިން ފުރިހަމަވާންޖެހެ އެވެ.
ހއ. އިހަވަންދޫގެ ރަށުގައި ދިރިއުޅޭ 12 އަހަރުން މަތީގެ އާބާދީގެ 2335 މީހުންގެ ތެރެއިން 2242 މީހުން ( 96 އިންސައްތަ) ވަނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 130 މީހުންގެ ތެރެއިން 123 މީހުން (95 އިންސައްތަ) ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
މާސްކުނާޅައިގެން އިހަވަންދޫން ތިންމީހަކަށް ފިޔަވަޅު އަޅައިފި
22 - މޭ - 2021
އިހަވަންދޫން މީހަކު ޕޮޒިޓިވް ވުމާއިއެކު އައު ފިޔަވަޅުތަކެއް
11 - މޭ - 2021
އިހަވަންދޫގައި އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކް އަޅަނީ އެންމެ 29 އިންސައްތަ މީހުން
2 - މޭ - 2021
އިހަވަންދޫ ކަރަންޓީނުން ނަގައިފި
8 - އޮގަސްޓު - 2020
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
މޮނިޓަރިންގައި 22 ދުވަސް، ފައްސިވާ އަދަދަށް މަޑުޖެހުމެއް ނާދެ
22 - ޖެނުއަރީ - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި
1 - ޖެނުއަރީ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް