ޔޫތުގެ ބައިލައްކަ ރުފިޔާގެ ބިޑަށް ނޫނެކޭ ބުނެ ހާމިދު، ޓީމާއެކު ޖަންގަލް އަށް

.

އިހަވަންދޫގައި މިވަގުތު ހުރި އެއްމެމޮޅު މިޑްފީލްޑްކުޅުންތެރިޔާ އިބްރާހިމް ހާމިދު ( ހާނދޭ ) ހޯދުމަށް ޔުނައިޓެޑް ޔޫތުން ބައިލައްކަ ރުފިޔާގެ ރެކޯޑް ބިޑެއް ހުށަހަޅާފައި ވަނިކޮށް ޔޫތަށް ނޫނެކޭ ބުނެ ހާމިދު އާއި އަދި ހާމިދު ނިސްބަތްވާ އެންވީކޭގެ ޒުވާން ގިނަ ކުޅުންތެރިންތަކަކާއި އެކު ޖަންގަލް ޓިމާއި ގުޅިއްޖެއެވެ.

ރޭ ޖަންގަލް ޓީމަށް ހާމިދު ގުޅުމަށް ބޭއްވި ހަފްޟާފެށެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް ހާމިދު އަށް ބައިލައްކަ ރުފިޔާގެ ރެކޯޑް ބިޑެއް ހުށަހެޅި ކަމުގެ ހަބަރު ފެތުރިގެން ދިޔައެވެ. މި ހަބަރު ފެތުރުމާއި އެކު ހާމިދު ޖަންގަލް އަށް ސޮއިކުރާނެތޯ ގިނަބަޔަކު ސުވާލު އުފައްދަމުން ދިޔައެވެ.

ރޭ ޖަންގަލް ޓީމުން ބޭއްވި ޚާއްސަ ހަފްޟާއެއްގައި ހާމިދު އާއި އެކު މިދިޔަ އަހަރު އެންވީކޭއަށް ކުޅުނު ޒުވާން ގިނަކުޅުންތެރިން ތަކަކާއި އަދިވެސް އިތުރު ބައެއް ކުޅުންތެރިން ވަނީ ޖަންގަލް ޓީމާއި ގުޅިފައެވެ. މިގޮތުން މިދިޔަ އަހަރު އެންވިކޭ އަށް ކުޅުން ކުޅުންތެރިންގެ ތެރެއިން ޒުވާން މިޑްފީލްޑަރ ހުސައިން ނާޝިދު އާއި ހުނަރުވެރި މިޑްފީލްޑަރ މުހައްމަދު މަދީހު ވަނީ ހާމިދު އާއި އެކު ޖަންގަލް ޓީމާއި ގުޅިފައެވެ. އަދި މީގެ އިތުރުން މިދިޔަ މައިކަޕް މުބާރާތުގައި ގަބީލާ ޓީމްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އަޙްމަދު ސާޖިދު އާއި މުހައްމަދު ފަޒީލް ވެސް ރޭ ވަނީ ޖަންގަލް ޓީމާއި ގުޅިފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެއް ފެންވަރެއްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުފައިވާ އަހްމަދު ޝަބީން ގެ އިތުރުން މިދިޔަ އަހަރު އަރާދުވާ ޓީމުން ފެނުނު ޒުވާން ކުޅުންތެރިޔާ މުހައްމަދު ޒަޔާން އާއި ޔުނައިޓެޑް ޔޫތަށް މިދިޔަ އަހަރުކުޅެފައިވާ މުހައްމަދު ވަހީދު އާއި މުހައްމަދު ހައިޝަމްގެ އިތުރުން ޖޭ އޭ މަނަފަރު ޓީމަށް މިދިޔަ އަހަރު ކުޅުނު އަހްމަދު މުނީޒު ވެސް ވަނީ ރޭގެ ހަފްޟާގައި ޖަންގަލް ޓީމާއިގުޅުނުކަން ރަސްމީ ކޮށް އިއުލާންކޮށްފައެވެ.

ރޭގައި ޖަންގަލް ޓީމާއި ގުޅުނު ކުޅުންތެރިން ތަކެއް ގުޅިފައިވާއިރު އެޓީމް ވަނީ މައިކަޕް 2013 އަދި 2017 ވަނަ އަހަރު ތަށި ހޯދާ 2018 ވަނަ އަހަރު ފައިނަލްގައި ކުޅެފައެވެ.