އޯޓިޒަމް ދުވަހާއި ގުޅުވައިގެން ހިލޭ ސްކުރީނިންގް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ..

މުޙައްމަދު އަކުރަމް

އޯޓިޒަމް ދުވަހާއި ގުޅުވައިގެން، ބުލްބުލް ތެރަޕީ ސެންޓަރާއި، އިހަވަންދޫ ކައުންސިލުން ގުޅިގެން ހިލޭ ސްކުރީނިންގް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. މި ސްކްރީނިންގް ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 3 އަދި 4 ވަނަ ދުވަހު އިހަވަންދޫގައެވެ.

ބުލްބުލް ތެރަޕީ ސެންޓަރުން މައުލޫމާތު ދެއްވި ގޮތުގައި މިސްކްރީނިންގް ޕްރޮގްރާމްގައި، ސްކުރީން ކުރެވޭ ދާއިރާ ތަރުގެ ތެރޭގައި ބިހޭވިއާ އެންޑް ސައިކޮލޮޖިކަލް ސްކްރީނިންގް، ސްޕީޗް ތެރެޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުލޭޝަން ތެރަޕީ ހިމެނެއެވެ. މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އަދި އެޕޮއިންޓް މެންޓް ހޯދުމަށް ގުޅުމަށް ހާއްސަ ކޮށްފައިވަނީ 7893030 ނަންބަރު ފޯނެވެ.

މިއީ ނަފްސާނީ އަދި ސްޕީޗް ތެރެޕީއާއި ގުޅޭ ގޮތުން، އިހަވަންދޫގައި ކުރިޔަށް ގެންދާ ފުރަތަމަ ސްކްރީނިންގް ޕްރޮގްރާމްކަން ފާހަގަކުރެވެއެވެ. ބުލްބުލް ތެރަޕީ ސެންޓަރަކީ ހދ ކުޅުދުއްފުށީގައި ހިދުމަތްދޭ ތެރަޕީ ސެންޓަރެކެވެ. ރާއްޖޭގެ ތަފާތު 3 ސަރަހައްދެއްގައި އެސެންޓަރުން ދަނީ ހިދުމަތް ދެމުންނެވެ.