އެއް ޑޯޒް ޖަހައިގެން ކޮވިޑުން ރައްކައުތެރިވެވޭ އައު ވެކްސިނަކަށް ޗައިނާއިން ހުއްދަ ދީފި
- ބެއިޖިންގް- އެއްމެ ޑޯޒެއްގެ ވެކްސިން ދީގެން ކޮވިޑުން ދިފާއުވެވޭނެ ވެކްސިނެއް އުފައްދާ ޗައިނާއިން ވެކްސިން ދޭން ފަށައިފިއެވެ. ޗައިނާގެ ގިނަ ސިޓީތަކެއްގައި މިހާރު ވަނީ މިވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ވެކުސިން ޖެހޭނެ މަގު ފަހިކޮށްފައެވެ. ޗައިނާގެ ޝަންހާއީގައި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިވެކްސިން ޖަހަން ފަށާފައިވާއިރު، މިހަފުތާގެ ހޯމަދުވަހުގެ ނިޔަލަށް 23154 މީކަށް މިވެކްސިން ދީފައިވާކަމަށް ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައި ވެއެވެ.
މިހާރު ކޮވިޑް-19 އަށް ގިނަ ވެކްސިންތަކެއް އުފައްދާފައި ވީނަމަވެސް އަދި މިހާތަނަށް އުފެއްދި ގިނަ ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހެއެވެ. ޗައިނާގެ ކެންސިނޯބައޮލޮޖިކްސް އަދި އެކަޑަމީ އޮފް މިލިޓަރީ މެޑިކަލް ސައިންސް އިން އުފެއްދި އެޑްނޯވައިރަސް ބޭސްޑު މިވެކްސިން ބާޒާރަށް ނެރެފައި ވަނީ ކޮންވިޑިސިއާގެ ނަމުގައެވެ. އެމަޖެންސީ ހާލަތުގައި މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިހާރު ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
މިވެކްސިންވެސް ޖަހަނީ ބާރުދައްކޮށްފައިވާ ވައިރަސް ހިމަނައިގެން ތައްޔާރު ކޮށްފައިވާ އެހެނިހެން ވެކްސިން ޖަހާގޮތަށް މަސްގަނޑަށެވެ. 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ދީފައިވާ މިވެކްސިންގެ ފޭސް 3 ގެ ކުލިނިކަލް ޑޭޓާ އިން ވަނީ 65.7 އިންސައްތަ ކާމިޔާބު ކަމަށް ދައްކައިފައެވެ. އެހެނިހެން ވެކްސިންތަކާ ހިލާފަށް މިވެކްސިން ޖަހައިގެން ކޮޑެތި ސައިޑު އިފެކްޓްތައް ރިޕޯޓުކޮށްފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.
މިއަހަރުގެ ނިމުމާ ހަމައަށް "ހާރޑު އިމިއުނިޓީ" އެއް ގެނައުމަށް މަސައްކަތް ކުރާ ޗައިނާގައި މިހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް 421 މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމށް ޗައިނީސް ސެންޓަރފޯ ޑިސީސް ކޮންޓްރޯލް ޕުރެވެންޝަން އިން ހާމަކޮށްފައި ވެއެވެ. (ގުލޯބަލް ޓައިމް / ދަ ސްޓާރ)
ގުޅުން ހުރެދާނެ ލިޔުން
ޗައިނާގެ މެޕިން ޕްލެޓްފޯމްތަކުން އިސްރާއީލް ފޮހެލައިފި
31 - އޮކްޓޯބަރު - 2023
ވެކުސިންގެ ދެ ޑޯޒަށް ފަހު ކަރަންޓީނު ދޫކޮށްލާ އުސޫލު އާންމުކޮށްފި
16 - އޭޕްރީލް - 2021
ކަރަންޓީންނުވެ ރަށްތަކަށް ދަތުރުކުރެވޭގޮތް ހަމަޖެހޭނެ: ރައީސުލްޖުމުހުރިއްޔާ
16 - އޭޕްރީލް - 2021
ދަތުރުފާމަސީން ބޭސް ޑެލިވަރީ ކޮށްދެނީ
26 - އޭޕްރީލް - 2020
"އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
1 - ނޮވެމްބަރު - 2026
ބޮޑު އާމްދަނީ ލިބޭ މީހުން އާސަންދަޔަށް 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ދައްކަންޖެހޭ ގޮތަށްހަދަނީ
1 - ނޮވެމްބަރު - 2026
ކެލާގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޕްރޮކްސީ ގްރޫޕަށް
29 - އޮކްޓޯބަރު - 2026
ޝިފާއު، ރަމީޒް އަދި ޝާހިދު އެމްޑީޕީ ޤައުމީ މަޖްލިސް އިންތިހާބުގައި ވާދަކުރަނީ
29 - އޮކްޓޯބަރު - 2026
މޮޅަދޫ ސިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތްފެށުމަށް މަސައްކަތްކުރަނީ...
28 - އޮކްޓޯބަރު - 2026
ކައުންސިލް ކަޕްގައި ބައިވެރިވީ ހަ ޓީމް...
28 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް