އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވެސްއިން އިހަވަންދޫގައި ގިނަކޯސްތަކެއް ހިންގުމަށް އިއުލާންކޮށްފިއެވެ. އިސްލާމިކް ޔުނިވާސިޓީއިންވަނީ އިހަވަންދޫގައި ހިންގާނެ 24 ކޯހެއް އިއުލާންކޮށްފައެވެ.
މާސްޓާރސް ލެވެލްއިން ފެށިގެން ލެވެލް 1 އާއި ދެމެދުގެ މިކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. އިސްލާމިކް ޔނުވާސިޓީގެ ރިސެޕްޝަނަށް ނުވަތަ އިހަވަންދޫ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅޭއިރު apply@ium.edu.mv އަށް ހުށަހަޅާ އެޕްލިކޭޝަން ފޯމްތައް ބަލައިގަންނާނެއެވެ. އެޔނުވާސިޓީއިން ހުޅުވާލައިފަވާ ކޯސްތައް ހިންގާނީ ކޯހަކަށް މަދުވެގެން ޝަރުތުހަމަވާ 15 ދަރިވަރުން ކުރިމަތި ލުމުންނެވެ.
އިތުރު މައުލޫމާތު