އިހަވަންދޫގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ޖެހޭ 1139 މީހުން އެބަތިބި
ހއ. އިހަވަންދޫ ގައި ކޮވިޑު ބަލިން ދިފާޢުވުމަށް ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ 1139 މީހަކު އެބަތިބި ކަމަށް އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރުވެރިޔާ، އެސިސްޓެންޓު ކޮމިޔުނިޓީ ހެލްތު އޮފިސަރ އަލްފާޟިލް ހުސެއިން ފަޔާޒު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮވިޑުގެ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކުރި އެތައް ބަޔަކަށް ދެވަނަ ޑޯޒު ލިބުމުގެ ދަތިކަން ދިމާވެފައިވާ މިދނަޑިވަޅުގައި އިހަވަންދޫގެ ހާލަތު އޮޅުން ފިލުވުމަށް މިނޫހުގެ ފަރާތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ފަޔާޒު ވިދާޅުވީ އާމިނާދިޔޯ ސިއްހީމަރުކަޒުން ކޮވިޑުން ދިފާޢުވުމަށްޓަކައި ޖަހާ ދެ ވެކްސިނެއް ޖަހާފައިވާއިރު، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖުމުލަ 922 މީހަކު ޖަހާފައިވާ ކަމަށެވެ. އަދި އެ ވެކްސިންގެ ދެވަނަ ޑޯޒް 217 މީހަކަށް ދެވިފައިވާއިރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭ 705 މީހުން އެބަތިބި ކަމަށް ފަޔާޒު ވިދާޅުވިއެވެ. ކޮވިޝީލްޑް ވެކްސިން ލިބޭނެ ދުވަހެއް ދަންނަވަން ނޭގޭކަމަށް ފަޔާޒު ވިދާޅުވިއެވެ.
އެސްޓްރާޒެނެކާއާއި އިންޑިޔާގެ ސީރަމް އިންސްޓިއުޓާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިޔާގައި އުފައްދާ އޮކްސްފޯޑް-އާސްޓްރާޒެނެކާގެ ކޮވިޑް-19 ވެކްސިން، 'ކޮވިޝީލްޑް' އެކްސްޕޯޓްކުރުން މިއަހަރުގެ މާރިޗް މަހުން ފެށިގެން އިންޑިޔާއިން މެދުކަނޑާލުމާ ގުޅިގެން ގިނަ ގައުމުތަކެއް ވަނީ ވެކްސިނަށް ޖެހިފައެވެ.
އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ދެ ވަނަ ޑޯޒް ޖަހަން ޖެހޭ އެކަމަކު ރާއްޖޭގައި ވެކްސިން ނެތިގެން އެ ނުޖެހިފައިވާ 92،000 މީހުން އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ވަނީ ހާމަކޮށްފައެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ ސިނަފޯމު ވެކްސިންގެ ފުރަތަމަ ޑޯޒް ޖުމުލަ 434 މީހަކަށް ދީފައެވެ. މިއެންމެންނަކީވެސް މިވަގުތު ދެވަނަ ޑޯޒު ޖެހެމަށް ޝަރުތު ހަމަވާ މީހުންކަމަށް ފަޔާޒު ވިދާޅުވިއެވެ.
ކޮވިޑު ވެކްސިން ޕުރޮގުރާމް އާމިނާދިޔޯ ސިއްހީމަރުކަޒުގައި މިވަގުތު މެދުކެނޑިފައި އޮތީ މަރުކަޒަށް ވެކްސިން ލިބިފައި ނުވާތީކަން ފާހަގަ ކުރައްވަމުން ފަޔާޒު ވިދާޅުވީ ސިނަފޯމް ވެކްސިން، މިހަފުތާ ތެރޭގައި ލިބޭނެ ކަމަށެވެ. ނަމަވެސް ވެކްސިން ލިބޭނީ ކިހާ ޢަދަދެއް ކަމެއް އަދި ދަންނަވަން ނޭގޭ ކަމަށް ފަޔާޒު ވިދާޅުވިއެވެ.
އިހަވަންދޫގައި މިވަގުތު ކޮވިޑު ބައްޔަށް ފައްސިވެފައިވާ 4 މީހުން އެބަތިބި ކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ ހާމަކޮށްފައެވެ. އެ 4 މީހުންނަކީ ފުރަބަންދުގައި ތިބި 4 މީހުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި
30 - ޑިސެމްބަރު - 2021
އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ
29 - ޑިސެމްބަރު - 2021
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
26 - ޑިސެމްބަރު - 2021
ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް
24 - ޑިސެމްބަރު - 2021
ހެލްތު ސެންޓަރުގެ މުވައްޒަފެއް ކޮވިޑަށް ފައްސިވެއްޖެ
23 - ޑިސެމްބަރު - 2021
ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ނަތީޖާ ނުލިބެނީސް ދޫކޮށްލާފައި ނުވާނެ: އާމިނާދިޔޯ ސިއްހީމަރުކަޒު
28 - މޭ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް