އިހަވަންދޫއިން ޕެޓްރޯލް ހުސްވެ ހަފްތާއެއްހާ ދުވަސްވީއިރު ޕެޓްރޯލް ލީޓަރެއްގެ އަގު ކަޅު ބާޒާރުގައި 30ރ އާއި 25ރ އާއީ ދެމެދަށް އުފުލިއްޖެއެވެ.
އިހަވަންދޫގައި ތެލުގެ ވިޔަފާރިކުރާ 3 ފިހާރަ ހުންނައިރު، މިހާރު އޮޕަރޭޓްކުރާ ދެ ފިހާރައިންވެސް ޕެޓްރޯލް ހުސްވެފައިވާއިރު، ލަފާކުރެވޭ ގޮތުގައި އައު ޕެޓްރޯލް ޝިޕްމަންޓެއް އެންމެ އެވަހަށް ލިބޭވަރުވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ޕެޓްރޯލް ހުސްވުމުގެ ސަބަބުން މަސްވެރިންނަށާއި ދަތުރުފަތު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ޕެޓްރޯލުން އޮޕަރޭޓްކުރާ ވެހިކަލް ގެންގުޅޭ ފަރާތްތަކަށްވަނީ ވަރަށްބޮޑަށް ދަތިވެފައެވެ. ކަޅުބާޒާރުން 1.5 ލީޓަރުގެ ޕެޓްރޯލް ފުޅިއެއް 45ރ އާއި 35ރ އާއި ދެމެދުގެ އަގަކަށް ގަންނަން ލިބޭއިރު، ކަޅުބާޒާރުން ޕެޓްރޯލް ގަންނަން ނުލިބޭނަމަ ދަތުތުރުފަތުރު ހުއްޓި އިގްތިސާދަށް ކުރާ އަސަރު ބޮޑުވާނެކަމަށް ބެލެވެއެވެ. ޕެޓްރޯލް ހުސްވެފައިވާނަމަވެސް އިހަވަންދޫއިން ޑީސަލް ލިބެން އެބަހުއްޓެވެ.