އިހަވަންދޫ ބަނދަރު ކީވޯލް ޝީޓްޕައިލް ކުރުމުގެ މަސައްކަތް ފަށައިފި
އިހަވަންދޫ ބަނދަރުގެ ކީވޯލް ޝީޓްޕައިލް ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. ބަނދަރުގެ ކީވޯލް ޝީޓްޕައިލް ކުރުމަށް ބޭނުންވާ ކީވޯލްތައް ރަށަށް ގެނެސްފައިވަނީ މިމަހުގެ ވިހި ވަނަ ދުވަހު އެވެ.
ޝެޑިއުލްކޮށްފައިވާ ގޮތަށް އިހަވަންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދާކަމަށް، މިމަސައްކަތް ކުރަމުންދާ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކުޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ން ބުންޏެވެ. އެކުންފުނިން ބުނީ އިހަވަންދޫ ބަނދަރު 98 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ނުނިމި ހުރި މަސައްކަތްތަކަކީ، 30509 ކިއުބިކް މީޓަރ ފުންކުރުމާއި، 95 މީޓަރުގެ ކީވޯލް ޖެހުމާއި، 284 މީޓަރު ބޭރު ތޮށީގައި ބޮޑުހިލަޖެހުމާއި، ބޭރުތޮށީގައި 178 މީޓަރަށް ރިވެޓްމެންޓް ޖެހުމުގެ އިތުރުން، ނެރުބައްތި އާއި ބަނދަރުގެ ބައްތިތައް ހަރުކުރުމާއި 4582 ސްކެއަރ ކިލޯމީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ.
މި މަސައްކަތް ކުރުމަށް އެމް.ޓީ.ސީ،ސީ އާ ސަރުކާރުން ހަވާލުކޮށްފައިވަނީ 2019 އޮގަސްޓް 26 ވަނަ ދުވަހު އެވެ. އެއް އަހަރާއި 7 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 58.7 މިލިއަން ރުފިޔާ އެވެ.
ގުޅުން ހުރެދާނެ ލިޔުން
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
ބޮޑު ސަމާލުކަމެއް ލިބުނު އިހަވަންދޫ ރަސްމީ ފާލަން އެޅުމަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ!
30 - ސެޕްޓެމްބަރު - 2025
އިހަވަންދޫ ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމުގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދަނީ
17 - އޮގަސްޓު - 2025
މި ކެޓަމަރާންގެ ވެރިޔަކު ހޯދަނީ!
23 - އޭޕްރީލް - 2025
ބަންދު ކޮށްފައިވާ ސިޑިއާ ދިމާލުން އެއްގަމުން ވަޅުގަނޑެއް ހެދެނީ!
13 - މާރިޗު - 2025
އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފެށިދާނެކަމަކަށް ނުބެލެވޭ – އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
18 - ޑިސެމްބަރު - 2024
ފެރީ ޓާމިނަލް ސިޑިއާ އިންވެގެން ހުޅަގަށްއޮތް ސަރަހައްދުގެ ޕޭވްމަންޓްގެ ދަށުން ފަސްގަނޑު ދަމައިގަނެފި
22 - ސެޕްޓެމްބަރު - 2024
ބަންދުކޮށްފައިވާ އިރުމަތީ ފަރާތު ސިޑީގެ ހާލަތު އިތުރަށް ގޯސްވެ ވަށައިގެން ދަގަނޑު ޖަހައިފި
27 - ޖޫން - 2024
މިއަދުން ފެށިގެން ފަޅުތެރޭގައި ފައިބަރގްލާސްއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުން މަނާ!
1 - ޖޫން - 2024
އިހަވަންދޫ ބަނދަރުގެ ހާލަތު: ދޯންޏަށް އައިސް އަރުވުންވެސް ބޮޑު ތަކުލީފަކަށް
29 - މޭ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް