ކީވޯލް އަޑިއަށްގޮސް ގަނބައިގަނެ އަރިވުމުގެ ސަބަބުން ބަންދުކޮށްފައިވާ ސިޑީއާ ދިމާލުން އެއްގަމުން ވަޅުގަނޑެއް ހެދެންފަށައިފިއެވެ. ބެލެވޭގޮތުގައި އެސަރަގައްދުގައި ވަޅުގަނޑު ހެދެނީ، ކީވޯލްގެ ދަށުން ވެލިގަނޑު ދަމައިގަނެފައިވަނިކޮށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ، ފެން ހިނދުމުގެ ތެރޭގައެވެ. އެސަރަހައްދުގެ ކީވޯލް ރަނގަޅު ނުކޮށްފިނަމަ ވަޅުގަނޑު ބޮޑުވެ ބަނދަރުން ބޮޑު ސަރަހައްދެއް އިސާހިތަކު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުން އެކަށީގެންވެއެވެ. ފެރީ ޓާމިނަލް ކުރިމަތިން ޕަސެންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި އިހަވަންދޫ ކައުންސިލުން ބަންދުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. އިހަވަންދޫ ކައުންސިލުން އެސިޑި ބަންދުކޮށްފައިވަނީ، އެސިޑި ގަނބައިގެންގޮސް އަރިވުމުގެ ސަބަބުން އެސިޑި ބޭނުންކުރާ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް އެކައުންސިލަށް ޤަބޫލުކުރެވޭތީކަމަށް އިހަވަންދޫ ކައުންސިލުން އޭރު ބުންޏެވެ. އޭރު ސިޑި ބަންދުކުރީ ޓޭޕް ދަމައިގެންނެވެ. ނަމަވެސް ސިޑި އިތުރަށް ގެބައިގަނެ ނުރައްކާތެރި ހާދިސާއެއް ހުނގުމުގެ ފުރުސަތު އޮތުމުން ސިޑި ވަށައިގެން ދަގަނޑު ޖަހައިގެން ބަންދު ކޮށްފައިވަނީ 26 ޖޫން 2024 ގައެވެ. ފެރީޓާމިނަލް ސިޑި ބަންދު ކޮށްފައިވާތީ، މިހާރު އަރާފޭބުމަށް ބޭނުންކުރަމުންދަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ސިޑިއެވެ. އެހެންކަމުން ފެރީޓަމިނަލްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާރަކު ނުކުރެވެއެވެ. 
ބަންދު ކޮށްފައިވާ ސިޑިއާ ދިމާލުން އެއްގަމުން ވަޅުގަނޑެއް ހެދެނީ!
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރަނީ
10 - ޑިސެމްބަރު - 2023
ބަނދަރުގައި މަސްކަނޑާ 2 ހަޓް ހަދަން ފެނައާރު އިންވެސްޓްމެންޓާ ހަވާލުކޮށްފި
21 - ޖުލައި - 2023
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
ބަނދަރުގައި މަސްކަނޑާ 2 ހަޓް ހަދާދޭނެ ފަރާތެއް ހޯދަނީ
22 - އޭޕްރީލް - 2023
ބަނދަރު ގޮނޑިތަކުން ރައްޔިތުންނަށް އުފާވެރިކަމާއި ބަނދަރަށް ފުރިހަމަކަން
27 - އޮގަސްޓު - 2022
މޫސުން ގޯސްވެ ބަނދަރުގެ ބޭރުތޮށީގައި ޖަހާފައިހުރި ކާބުތަކުން ބައެއްވެއްޓިއްޖެ
2 - ޖުލައި - 2022
އިހަވަންދޫ ބަނދަރުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ
29 - އޭޕްރީލް - 2022
ބަނދަރު މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓު ރަށަށް ގެނެސްފި
24 - ފެބްރުއަރީ - 2022
އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ
4 - އޮކްޓޯބަރު - 2021
އިހަވަންދޫ ބަނދަރު މަސްރޫޢުގެ 35 އިންސައްތަ މަސައްކަތް ނިމިއްޖެ
11 - ޖެނުއަރީ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް