ބަންދުކޮށްފައިވާ އިރުމަތީ ފަރާތު ސިޑީގެ ހާލަތު އިތުރަށް ގޯސްވެ ވަށައިގެން ދަގަނޑު ޖަހައިފި
އިހަވަންދޫ ކައުންސިލުން ބަނދުކޮށްފައިވާ، ބަނދަރުގެ އިރުމަތިން ފެރީ ޓާމިނަލްގެ ކުރިމަތިން ޕަސެންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ، ސިޑި ވަށައިގެން ދަގަނޑުޖަހާ ބަންދުކޮށް އާންމުންނަށް ނުވަދެވޭގޮތަށް ހަދައިފިއެވެ. ބަނދަރުގެ އިރުމަތިން ފެރީ ޓާމިނަލް ކުރިމަތިން ޕަސެންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި ބަންދުކުރީ މިއަދިޔަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.
އިހަވަންދޫ ކައުންސިލުން އެސިޑި ބަންދުކޮށްފައިވަނީ، އެސިޑި ގަނބައިގެންގޮސް އަރިވުމުގެ ސަބަބުން އެސިޑި ބޭނުންކުރާ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް އެކައުންސިލަށް ޤަބޫލުކުރެވޭތީކަމަށް އިހަވަންދޫ ކައުންސިލުން އޭރު ބުންޏެވެ. އޭރު ސިޑި ބަންދުކުރީ ޓޭޕް ދަމައިގެންނެވެ. ނަމަވެސް ސިޑި އިތުރަށް ގެބައިގަނެ ނުރައްކާތެރި ހާދިސާއެއް ހުނގުމުގެ ފުރުސަތު އޮތުމުން ސިޑި ވަށައިގެން ދަގަނޑު ޖަހައިގެން ބަންދު ކޮށްފައިވަނީ އިއްޔަގެ ވަގުތެއްގައެވެ.
ފެރީޓާމިނަލް ސިޑި ބަންދު ކޮށްފައިވާތީ، މިހާރު އަރާފޭބުމަށް ބޭނުންކުރަމުންދަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ސިޑިއެވެ. ދަގަނޑު ޖަހައިގެން ސިޑި ބަންދު ކުރުމަށްފަހު ކައުންސިލަރު މުހައްމަދު ޒާހިރު ހަސަން ސޯސަލްމީޑިއާގައި ވިދާޅުވީ ކުރީގަވެސް މިހާރުވެސް ހަބަރެއްނެތް ކަމަށާއި ލަފާ ފުރާ ފާލަމުގެ ނުރައްކާ ބޮޑުވެ މީހެއްގެ ފުރާނަޔަށް ނުރައްކާތެރިވެ ދާނެ ކަމަށް ދެކި. މަރާމާތު ކުރެވެންދެން. ސިޑި ހިމެނޭ ސަރަހައްދު ބަންދު ކޮށްފައިވާ ކަމުގައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ދާދިފަހުންވަނީ އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައެވެ. 1 ޖޫން 2020 ގައި ފެށި 51.7 މިލިއަން ރުފިޔާގެ އެމަޝްރޫޢު ނިންމާފައިވަނީ 24 ސެޕްޓެމްބަރ 2022 ގައެވެ. އެމަސައްކަތުގައި މިހާރު ގަނބަމުންދާ ސިޑި ހިމޭނޭ ސަރަހައްދު މަރާމާތު ކޮށްފައެއް ނުވެއެވެ. ނަމަވެސް ބަނދަރުގެ މެއިންޓެނަންސް ޑްރެޖިންގް ގެމަސައްކަތް ކޮށްފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ބަނދަރު އަޕްގުރޭޑްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރިތާ 15 ދުވަސް ނުވަނީސް، އާނމުންގެ ރައްކާތެރިކަމަށް ސިޑި ބަންދުކޮށްފި
2 - އޮގަސްޓު - 2023
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފެށިދާނެކަމަކަށް ނުބެލެވޭ – އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
18 - ޑިސެމްބަރު - 2024
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ފެރީ ޓާމިނަލް ސިޑިއާ އިންވެގެން ހުޅަގަށްއޮތް ސަރަހައްދުގެ ޕޭވްމަންޓްގެ ދަށުން ފަސްގަނޑު ދަމައިގަނެފި
22 - ސެޕްޓެމްބަރު - 2024
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
28 - ޖުލައި - 2023
އާ ޑްރެޖަރުން އިހަވަންދޫ ބިން ހިއްކަންފަށައިފި
12 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް