ކޮވިޑް-19: މިމަހު 4 އިން ފެށިގެން ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާން ޖެހޭނީ ދިހަ ދުވަހަށްކަމަށް ނިންމައިފި
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން 14 ދުވަހަށް ކަރަންޓީން ކުރަމުން އައި އުސޫލަށް ބަދަލު ގެނެސް ދެން ކަރަންޓީން ވާން ޖެހޭނީ 10 ދުވަހަކަށް ކަމަށް ނިންމައިފިއެވެ.
އެޗްޕީއޭ އިން އާންމު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތު 10 ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އަދި މި މުއްދަތަށްފަހު ޕީސީއާރް ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ގެންގުޅުނު ކަރަންޓީނުގެ އުސޫލަށް ބަދަލުގެނެސްފައިވާއިރު، އެޗްޕީއޭގެ އިޢުލާނުގައި ބުނެފައި ވަނީ ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއަކާއެކު ދަތުރުކުރެވޭނެ ކަމަށެވެ. މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކަމަށް އިޢުލާނުގައި ވެއެވެ.
މިއުސޫލުގެ ދަށުން 10 ދުވަހަށް ކަރަންޓީން ވެވޭނީ ޑިސެމްބަރ 04 ވަނަ ދުވަހުން ފެށިގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވުމަށެވެ. އޭގެ ކުރިން ދަތުރު ކުރާ ފަރާތްތަކުން 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހޭނެއެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނު ވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ އަދިވެސް 14 ދުވަސްކަމަށް އެޗް.ޕީ.އޭ އިން ވިދާޅުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ސްރީލަންކާ: މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ރަނިލްގެ ގެކޮޅުގައި ރޯކޮށްލައިފި
9 - ޖުލައި - 2022
"ޔެލޯ ޓްރެޕްސް" ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރަން ހުޅުވާލައިފި
9 - މާރިޗު - 2022
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ކަރަންޓީން އުސޫލާ ހިލާފުވި ކޭސްއާ ގުޅިގެން ނެގުނު ސާމްޕަލް ތައް ކޮވިޑަށް ނައްސި
1 - ޖޫން - 2021
ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ނަތީޖާ ނުލިބެނީސް ދޫކޮށްލާފައި ނުވާނެ: އާމިނާދިޔޯ ސިއްހީމަރުކަޒު
28 - މޭ - 2021
ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން އިހަވަންދޫގައި ފިޔަވަޅުތަކެއް
28 - މޭ - 2021
ކަރަންޓީންނުވެ ދަތުރުކުރެވޭނެ އުސޫލު ކައުންސިލުން އާއްމުކޮށްފި
28 - އޭޕްރީލް - 2021
ކަރަންޓީންނުވެ ރަށްތަކަށް ދަތުރުކުރެވޭގޮތް ހަމަޖެހޭނެ: ރައީސުލްޖުމުހުރިއްޔާ
16 - އޭޕްރީލް - 2021
ކަރަންޓީން އުވާލިޔަސް ފިޔަވަޅުތައް ދަމަހައްޓަން ކައުންސިލުން ނިންމައިފި
8 - އޮގަސްޓު - 2020
ކޮވިޑް-19: ކައުންސިލްގެ ޚިދުމަތްތަކަށް ބަދަލު ގެނެސްފި
8 - އޮގަސްޓު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް