ސްރީލަންކާ: މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ރަނިލްގެ ގެކޮޅުގައި ރޯކޮށްލައިފި
ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅުގައި އެ ގައުމުގައި މުޒާހަރާ ކުރާ ފަރާތްތަކުން ރޯކޮށްލައިފި އެވެ.
މިއަދުގެ އިރުއޮއްސުމާއެކު ސްރީ ލަންކާގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ބޮޑުވަޒީރު ރަނިލްގެ އަމިއްލަ ގެކޮޅު ކުރިމައްޗަށް އެއްވެފައެވެ. މުޒާހަރާ ކުރާ ފަރާތްތަކާއި އެ ސަރަހައްދުގައި ތިބި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި، އެންމެ ފަހުން މުޒާހަރާ ހޫނުވެ ފުލުހުންނަށް މުޒާހަރާގެ ކޮންޓްރޯލް ގެއްލި، މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އެ ގެކޮޅަށް ވަދެ ގެންފަ އެވެ. އަދި އެ ގޭގައި ހުޅުޖަހައި ރޯކޮށްލާފައެވެ. އަދި މިކަންވަނީ ބޮޑު ވަޒީރުގެ އޮފީހުގެ ފަރާތުން ވެސް ކަށަވަރުކޮށްދީފަ އެވެ.
މި ހާދިސާ ހިނގިއިރު ބޮޑުވަޒީރު ރަނިލް އެގޭގައި ނޫޅުއްވައެވެ. ބޮޑުވަޒީރު ހުންނެވިތަނެއް ނޭނގެއެވެ.
ރަނިލް ވިކްރަމަސިންހަ އާއިލާއާއެކު ދިރިއުއްވަނީ ފިފްތް ލޭންގެ ނަމުން މަޝްހޫރު އެމަނިކުފާނުންގެ އަމިއްލަ ގެކޮޅުގައެވެ. އެމަނިކުފާނުންގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީސް ބޭނުން ކުރައްވަނީ ހަމައެކަނި ރަސްމީ ވިޔަފާރިއަށެވެ.
މީގެ ކުރިން ދުވަހަކުވެސް ސްރީ ލަންކާގެ ރައްޔިތުން ތަހައްމަލް ނުކުރާ އިގްތިސާދީ ދަތިކަމާ ގުޅިގެން، ސްރީ ލަންކާގެ އާއްމު ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް ދިއުމާ ގުޅިގެން، ރަނިލްވަނީ އިސްތިއުފާ ދެއްވައި ހުރިހާ ޕާޓީއެއްގެ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވާފައެވެ.
ކޮލަމްބޯގައި ހުންނަ ރަނިލްގެ އަމިއްލަ ގެކޮޅުގައި ހުޅުޖަހައި ރޯކޮށްލާފައިވަނީ، ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ރަސްމީ ގެކޮޅަށް މުޒާހަރާކުރާ އެތައް ހާސް ބަޔަކު ވަދެ، އެ ގެކޮޅު ހިފިތާ މާ ގިނައިރުތަކެއް ނުވަނީހެންނެވެ.
ކޮލަމްބޯގެ އިންސާނީ ހައްގުތަކާ ބެހޭ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ ބަވާނީ ފޮނެސެކާ ވަނީ ސްރީލަންކާގެ ހާލަތު "މަރަށް" ވެދާނެ ކަމުގެ ބިރު ފާޅުކޮށްފަ އެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮނެސެކާ ވިދާޅުވީ ޑިމާންޑްތައް ފުއްދައި ނުދެވޭ ކަމަށް މީހުންނަށް ހީވެ ، އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، އަނިޔާވެރިކަން އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އެކަން އެހެން ވެއްޖެނަމަ،ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދަތިކަން އެގައުމަށް ކުރިމަތިވެދާނެ ކަމަށް ވެސް ފޮނެސެކާ ފާހަގަކުރެއްވި އެވެ.
ގުޅުން ހުރެދާނެ ލިޔުން
ސްރީލަންކާގެ ޕެޓްރޯލް ސްޓޮކް ހުސްވެދާނެކަމުގެ އިންޒާރު އެގައުމުގެ ހަކަތަ އާބެހޭ ވަޒީރު ދެއްވައިފި
4 - ޖުލައި - 2022
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
އިމަގުން ތަރައްޤީކުރަމުންދާ ވޮލީކޯޓާ ގުޅުވައިގެން ދޮގުވަހާކަ ދައްކާތީ އެކަން ކުށްވެރިކޮށްފި
20 - މާރިޗު - 2024
"ޔެލޯ ޓްރެޕްސް" ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރަން ހުޅުވާލައިފި
9 - މާރިޗު - 2022
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ކޮވިޑް-19: މިމަހު 4 އިން ފެށިގެން ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާން ޖެހޭނީ ދިހަ ދުވަހަށްކަމަށް ނިންމައިފި
2 - ޑިސެމްބަރު - 2020
ކައުންސިލްގެ ސަސްޕެންޝަނާއިމެދު ބައެއްފަރާތްތަކުން ދެކޭގޮތް!
2 - ޖޫން - 2018
މާލެއިން އިހަވަންދުއަށް ދަތުރުކުރަމުންދާ ބޯޓެއް އިންޖީނުހުއްޓިއްޖެ
9 - ޑިސެމްބަރު - 2012
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ކުރީގެ ޗެމްޕިއަނުން މުބާރާތްފެށީ މޮޅަކުން
20 - ސެޕްޓެމްބަރު - 2026
މުހައްމާ ޕީއެންސީގެ ސެނެޓަށް އިންތިހާބުވެއްޖެ!
18 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް