Banner Image Description

މަތީ ސާނަވީ ގަދަ 10 ގައި އިހަވަންދޫ ސްކޫލުގެ 4 ދަރިވަރުން ހިމެނިއްޖެ

ޢަބުދުﷲ ޙަމީދު

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ގަދަ ދިހަވަނާގައި އިހަވަންދޫ ސްކޫލްގެ 4 ދަރިވަރުން ހިމެނިއްޖެ އެވެ.

އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އިމްތިހާނުގެ ގަދަ ދިހައަކުން ޖާގަ ހޯދި އިހަވަންދޫ ސްކޫލުގެ ދަރިވަރުންނަކީ

1-     މުޙައްމަދު ޝަމްވީލް، ނޫރަންމާގެ / ހއ. އިހަވަންދޫ

2-     މަރްޔަމް ސަމްހާ، މާކޯނި / ހއ. އިހަވަންދޫ

3-     އާމިނަތު ރާއިމާ، ޖަވާހިރުމާގެ / ހއ. އިހަވަންދޫ

4-     އައިޝަތު ރިޚުވާ ، އަލިމަސް / ހއ. އިހަވަންދޫ އެވެ.

އިހަވަންދޫ ސުކޫލުގެ މުޙައްމަދު ޝަމްވީލް އަދި މަރްޔަމް ޝަމްހާ މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10ގެ 4 ވަނަ ހާސިލްކޮށްފައިވާއިރު އާމިނަތު ރާއިމާ ވަނީ ގަދަ 10ގެ 5 ވަނަ ހާސިލްކޮށްފައެވެ. އަދި އައިޝަތު ރިޚުވާ ވަނީ 8 ވަނަ ހާސިލްކޮށްފައެވެ.

މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މަތީ ސާނަވީ އިމްތިހާނުން ރާއްޖޭގެ 11 ދަރިވަރަކު ދުނިޔޭގެ އެއްވަނަ ވަނީ ހޯދާފަ އެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި 195 ދަރިވަރުން ވަނީ ހިމެނިފަ އެވެ. އޭގެ ތެރެއިން އެއްވަނަ ހަތަރު ދަރިވަރަކު ހޯދިއިރު ދެ ވަނަ ހާސިލްކުރީ ހަތް ދަރިވަރުން އަދި ތިން ވަނަ 14 ދަރިވަރުން ހޯދާފައި ވެ އެވެ.