Banner Image Description

އިހަވަންދޫ ޣާޒީފުޓްބޯޅަ ދަނޑުގައި އަޅަންބޭނުންވާ ޓާފް އިހަވަންދޫއަށް ގެނެސްފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ޢާޒީފުޓްބޯޅަ ދަނޑުގައި އަޅަންބޭނުންވާ ޓާފް އަދި ރަބަރު މިއަދު އިހަވަންދޫއަށް ގެނެސް އެތަކެތި އަންލޯޑް ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. ޢާޒީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

ޢާޒީ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސާމާނު އިހަވަންދޫއަށް ގެނެސްފައި ވާއިރު، އެދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް އަދި ނުނިމެއެވެ. ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް އާރުކޭއެލް ގްރޫޕުން މިހާރުވެސް ކުރިޔަށް އެބަގެންދެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް 30 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެއެވެ.

ހއ. އިހަވަންދޫގައި ޒުވާނުންނަށް ޓާފުއެޅި ބޮޑު ދަނޑެއް އެޅާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަޢުދުވެލައްވާފައެވެ.