ވީ.އެސް.އައި، ޔުނިޓީގެ ނަމުގައި ރަޖިސްޓްރީކޮށްފި!
އިހަވަންދޫގައި އިޖްތިމާއީގޮތުން ހަރަކާތްތަކެއް ހިންގަމުންއަންނަ ޒުވާން ގުރޫޕެއް ކަމުގައިވާ ވީ.އެސް.އައި (ވޮލަންޓަރީ ސާވިސް އޮފް އިހަވަންދޫ)، ޔުނިޓީގެ ނަމުގައި ޖަމިއްޔާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓަގައި ރަޖިސްޓްރީކޮށްފިއެވެ.
ވީ.އެސް.އައި ބޮޑަށް ފާހަގަކުރެވިފައިވަނީ އިސްލާމްދީނުގެ ސައްހަ އަގީދާ މުޖުތަމައުގައި ފެތުރުމުގައި ގިނަހަރަކާތްތަކެއް ހިންގަމުންއަންނަ ގްރޫޕެއްގެ ގޮތުގައެވެ. އެގޮތުން ޝެއިހުން އިހަވަންދޫއާއި އިހަވަންދިއްޕޮޅުގެ ރައްތަކަށްގެނެސް ކާމިޔާބު ހަރަކާތްތަކެއްވަނީ ހިންގާފައެވެ. އެގޮތުން މިހާތަނަށް އިހަވަންދޫގައި ދިނީ ދަރުހަކަށް އެންމެގިނަމީހުން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ރޯދަމަހު އެގުރޫޕުން 'ބިރުވެތިވާށޭ!" ގެނަމުގައި ކުރިޔަށްގެންދިޔަ އިވެންޓަށްކަން ފާހަގަކުރެވެއެވެ.
ޔުނިޓީގެ ފުރަތަމަ ދައުރުގެ ރައީސް ހުސައިން ރީހާން މައުލޫމާތު ދެއްވިގޮތުގައި ޔުނިޓީ ޖަމިއްޔާ އިފްތިތާހުކުރުމުގެ ޖަލްސާއަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. އަދި ޖަމިއްޔާގެ އިވެންޓްތައް މިހާރުވެސް ކުރިޔަށް ރޭވިފައިވާކަމަށާއި އެގޮތުން އެންމެ ފުރަތަމަ އެޖަމިއްޔާއިން ހިންގާ އެއްހަރަކާތެއްގެ ގޮތުގައި އިހަވަންދޫގެ މަގުތަކުގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ހައްލެއްހޯދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމުގައި ރީހާން މައުލޫމާތު ދިނެވެ.
ގުޅުން ހުރެދާނެ ލިޔުން
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ނަމާދު ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފި
29 - އޭޕްރީލް - 2023
އިހަވަންދޫގައި މިސްކިތު ދަރުސްތަކެއް ކުރިޔަށް ގެންދަނީ
20 - އޮކްޓޯބަރު - 2022
ޔުނިޓީން ހއ އަދި ހދ ގެ ހުރިހާ ރަށެއްގައި ދަރުސް ދެނީ
19 - ޖުލައި - 2022
ޔުނިޓީގެ ކޮފީވިތް ޝައިޚް ހަރަކާތް މި ރޯދަމަހުވެސް
8 - އޭޕްރީލް - 2022
ބައުވެފައިވާ ދީނީ ލިޔުންތައް ނައްތާލުމުގެ ހަރަކާތެއް ޔުނިޓީ އިން ކުރިއަށްގެންދަނީ
27 - އޮކްޓޯބަރު - 2021
އިހަވަންދޫގެ މަގުތައް ރީތިކުރަނީ
21 - ޖޫން - 2021
ޝެއިހް ޢަލީ ޒާހިރުގެ ބޮޑު ދަރުސް މިރޭ
30 - އޭޕްރީލް - 2021
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް