ޔުނިޓީން ހއ އަދި ހދ ގެ ހުރިހާ ރަށެއްގައި ދަރުސް ދެނީ
ތިލަދުންމަތީ ދަތުރުގެ ނަމުގައި ތިލަދުންމަތީގެ ރަށްތަކުގައި ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަން ޔުނިޓީއިން ތައްޔާރުވެއްޖެއެވެ. ޔުނިޓީގެ ނައިބް ރައީސް އަދި މި ޕްރޮގްރާމްގެ ކޯޑިނޭޓަރ ހުސައިން ސާލިމް މައުލޫމާތު ދެއްވިގޮތުގައި މިޕޮރޮގްރާމުގައި ހއ އަދި ހދ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭހެން ޖުމްލަ 28 ރަށެއް ކަވަރުކުރާނެއެވެ.
ޔުނިޓީން ކުރިޔަށްގެންދާ މިޕްރޮގްރާމް ކުރިޔަށްގެންދަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހއ އަތޮޅުގެބައި މިމަހުގެ 23 ހުން 28 އަށް ކުރިޔަށް ގެންދިއުމަށް ރާވާފައިވާއިރު ހދ އަތޮޅުގެބައި ކުރިޔަށް ގެންދިއުމަށް ޝެޑިއުލް ކޮށްފައިވަނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައެވެ.
ތިލަދުންމަތީގެ ރަށްތަކުގައި އިސްލާމީ ދަޢުވަތު ފުޅާކުރުމަށާއި، ފަރުދުންގެ މެދުގައި އެއްބައިވަތަކަން އާލާކުރުމުގެ އިތުރުން ރަށްތައް ގުޅިގެން އިސްލާމީ ވަހުދަތު ފެތުރުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ މިޕްރޮގްރާމްގެ ހއ އަތޮޅު ބައިގައި 7 ޝޭހުންނާއި 1 ނޫސްވެރިއެއް ބައިވެރިވާނެކަމަށް ސާލިމް މައުލޫމާތު ދެއްވިއެވެ. މިޕްރޮގްރާމް ފެށުމުގެ ރަސްމިޔާތު މިމަހުގެ 23 ހައި ހއ އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ރަށަކަށް ޒިޔާރަތްކުރާ ޝެއިހުންވެސް އެރަށެއްގައި 1 ދުވަހު އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދާނެއެވެ.
ޔުނިޓީ އިސްވެއޮވެ ކުރިޔަށްގެންދާ މިޕްރޮގްރާމް ކުރިޔަށް ގެންދަނީ ޖަމިއްޔަތުއް ސަލަފާއި ހއ އަދި ހދ އަތޮޅުގެ ކައުންސިލްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ޖަމިއްޔާތަކުގެ އެހީތެރިކަމާއިއެކުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ނަމާދު ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފި
29 - އޭޕްރީލް - 2023
އިހަވަންދޫގައި މިސްކިތު ދަރުސްތަކެއް ކުރިޔަށް ގެންދަނީ
20 - އޮކްޓޯބަރު - 2022
ޔުނިޓީގެ ކޮފީވިތް ޝައިޚް ހަރަކާތް މި ރޯދަމަހުވެސް
8 - އޭޕްރީލް - 2022
ބައުވެފައިވާ ދީނީ ލިޔުންތައް ނައްތާލުމުގެ ހަރަކާތެއް ޔުނިޓީ އިން ކުރިއަށްގެންދަނީ
27 - އޮކްޓޯބަރު - 2021
އިހަވަންދޫގެ މަގުތައް ރީތިކުރަނީ
21 - ޖޫން - 2021
ވީ.އެސް.އައި، ޔުނިޓީގެ ނަމުގައި ރަޖިސްޓްރީކޮށްފި!
11 - ޖޫން - 2021
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް