މި ސްކީމްގެ ދަށުން ލޯން ދޫކުރަން ހަމަޖެހިފައިވަނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް ލިބޭއިރު މި ލޯނަށް ޑިޕޮސިޓް ދައްކާކަށް ނުޖެހޭނެއެވެ. މި ސްކީމްގެ ދަށުން ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯން ދޫކުރުމަށް ވަނީ ނިންމައިފައެވެ. އަދި މި ލޯން ދައްކައި ހަލާސްކުރަން ޖެހޭނީ ގިނަވެގެން 20 އަހަރު ދުވަހުގެ މުއްދަތަކުންނެވެ. މިރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ވީޑިއޯ ހިތޯބުގައި ވިދާޅުވީ ރާއްޖޭގެ ބޮޑު އާބާދީ އޮތީ ރަށްރަށުގައި ކަމަށާއި އެކަމަކު ރަށްރަށުން މާލެ އަށް މީހުން ހިޖުރަ ކުރަނީ އެކި ސަބަބުތަކާ ހެދި ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަން ނެތުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. [caption id="attachment_1830" align="alignnone" width="300"]Annoucing of Gedhoruveriya Loan https://t.co/PxSEF0POab
— Min.of National Planning, Housing & Infrastructure (@MoNPHImv) June 14, 2021
ގެދޮރުވެރިޔާ ލޯނު ސްކީމްގައި ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުތަކާއި މަހަކު ދައްކަންޖެހޭ އަދަދު.[/caption]
"ބޯހިޔާވަހިކަން ނެތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފައިސާ ފަސޭހައިން ލިބެން ނެތުން. ގެދޮރު އިމާރާތް ކުރުމަށް ދެމުން އަންނަ ލޯނުތަކަކީ ބޮޑު އިންޓަރެސްޓް ރޭޓެއްގައި މިހާތަނަށް ދެމުން އަންނަ ލޯނުތަކެއް،" އަސްލަމް ވިދާޅުވި އެވެ.
ލޯނު ދައްކަން ޖެހޭ މުއްދަތާއި ދައްކަން ޖެހޭ އަދަދު:
- 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5907 ރުފިޔާ
- 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5680 ރުފިޔާ
- 17 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5485 ރުފިޔާ
- 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5307 ރުފިޔާ
- 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5153 ރުފިޔާ
- 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5015 ރުފިޔާ
ގެދޮރު ހަދަން 700،000ރ. ގެ ލޯނު ނަގާ ނަމަ، 20 އަހަރުގެ ތެރޭގައި ކޮންމެ މަހަކު 5015ރ. ލޯނަށް ދައްކަންޖެހޭ.[/caption]
މި ލޯނު ދޫކުރާނީ އެޗްޑީއެފްސީން އިން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
އެޗްޑީއެފްސީން ބުނީ މި މަހު ތެރޭގައި މި ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އަދި މި އަހަރު ފަހުކޮޅު ލޯނު ދޫކުރަން ފަށާނެ ކަމަށެވެ. މި ފޯމުތައް ބަލައިގަންނާނީ ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީއެފްސީ ގުޅިގެން އެކުލަވާލައިފައިވާ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުން ކަމަށެވެ.



