ފާޑުކިޔަން ފެށުމުން، ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ހިމަނައިފި.
ހިޔާވެހި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށްޓަކައި އިސްލާމިކް ފައިނޭންސިންގެ އޮނިގަނޑަށް ފައްތާލައިގެން ސަރުކާރުން، އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް ގައި އިހަވަންދޫ ހިމަނައިފިއެވެ. އެސްކީމްގައި އިހަވަންދޫ ހިމަނާފައިމިވަނީ، ސްކީމް އިއުލާންކުރިއިރު އިހަވަންދޫ ހިމަނާފައި ނުވާތީ ވަރަށްބޮޑަށް ފާޑުކިއުން އަމާޒް ވެފައިވަނިކޮށެވެ.
ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކަށް އިހަވަންދޫ އިތުރުކޮށްފައިވަނީ، "ހިޔާވެހި ފައިނޭންސިންގ" އުސޫލަށް ބަދަލުގެނެސްގެންނެވެ. އައު އުސޫލުގައި ވާގޮތުން ކުރީގެ އުސޫލުގައިވާ 26 ސަހަރުގެ އިތުރުން އިތުރު ދެ ރަށެވަނީ އާބަން ސަރަހައްދުތަކުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓަށް އިތުރު ކޮށްފައެވެ. އެއީ އިހަވަންދޫގެ އިތުރުން ވޭމަންޑޫއެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއި މަރާމާތުކުރުމާއި އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން “ހިޔާވަހި ފައިނޭންސިން ސްކީމް” ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލާން ހުޅުވާލައިފާވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 8 ދުވަހާއި ހަމަޔަށެވެ.
އެ ސްކީމުން ލޯނު ދޫކުރަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް، އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް އަދި މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމްއެވެ. ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ކުރިއަށް ގެންދާ ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރާއި ހަމަޔަށް ލިބޭއިރު، އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ. ނަމަވެސް، އާބަން ސަރަހައްދުތަކުގެ ލޯނު ނަގާ ފަރާތްތަކުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.
އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ގެދޮވެރިކަމަށް ހާއްސަކޮށް، އެކަމަށް ބަޖެޓުގައި ޖުމްލަ 4.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން ހައުސިން ލޯން ދޭން ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ނުހިމެނޭ!
10 - ނޮވެމްބަރު - 2024
އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
12 - ފެބްރުއަރީ - 2024
އިހަވަންދޫގައި 300 ހައުސިންގ ޔުނިޓް އަޅަނީ
17 - ޑިސެމްބަރު - 2023
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
އިހަވަންދޫ މަގުހެދުން 102.8 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2023
މުހައްމަދު ރަޝީދުގެ ހާޒިރީ ބަލަހައްޓަނީ އެމްޓީސީސީއިން
21 - އޮގަސްޓު - 2022
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް