ދިފާޢިނިޒާމް ދަށްމީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ދިފާޢިނިޒާމް ދަށްމީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން ހުޅުވާލައިފިއެވެ.
ބުރާސްފަތި ދުވަހު އެމަރުކަޒުން އާންމުކޮށްފައިވާ ގޮތުގައި ދިފާޢިނިޒާމް ދަށްމީހުންގެ ތެރޭގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ވެކްސިނެއް ޖަހާފައިވާ ނުވާ ފަރާތްތަކަށް ފައިޒާ ވެކްސިން ޖެހުމަށް މަރުކަޒަށް ގުޅައި ނަންނޯޓުކުރުމުގެ ފުރުޞަތު ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން 14:00 އަށް ވަނީ ހުޅުވާލެވިފައެވެ. ނަންނޯޓު ކުރުމަށް ގުޅުއްވާނީ އެމަރުކަޒުގެ ނަންބަރ 9930501 އަށެވެ.
މިގޮތުން، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، އޮޓޯ އިމިއުން ޑިސީސަސް، ކެންސަރބަލީގެ މީހުން، ދިގުމުއްދަތަށް ސްޓްރޮއިޑް ބޭނުންކުތާ މީހުން، ތެލެސީމިއާ، ސިކްލް ސެލް އެނީމިއާ، ޑައިލިސިސް ހަދާ މީހުންނާއި ކިޑުނީ ބަލި ފަދަ ދިގުމުއްދަތަށް ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ފައިޒާ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުމަށް އެމަރުކަޒުން އެދިލައްވައެވެ. އެމަރުކަޒުން މީގެ ކުރިން ވަނީ މައިބަނޑު މީހުންގެ ތެރެއިން ފައިޒާ ވެކްސިން ޖެހުމަށްބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުރުސަތު ދީފައެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން އެންމެފަހުން އާއްމުކުރި މައުލޫމާތު ތަކަށްބަލާއިރު އިހަވަންދޫގެ ވެކްސިން ޖެހޭ އާބާދީގެ ޖުމުލަ 88 އިންސައްތަ މީހުން ކޮވިޑުން ދިފާޢު ވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައި ވާއިރު ދެވަނަ ޑޯޒު ޖަހާފައި ވަނީ 70 އިންސައްތަ މީހުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ޖެހޭ 1139 މީހުން އެބަތިބި
25 - މޭ - 2021
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
އިހަވަންދޫގެ ދެ އަވަށުގެ ދެމެދުގައި މިއަދު މެޗެއް ކުޅެނީ...
1 - މޭ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް