މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފެށިގެން ކުރިއަށް
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިންތިޒާމްކޮށްގެން ހއ. އިހަވަންދޫގައި ކުރިއަށް ގެންދާ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ހއ. އިހަވަންދޫގައި ރޭ ފަށައިފިއެވެ.
މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ގައުމީ ތަރައްގީއާއި، ހެޔޮވެރިކަން އަދި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރު އެޅުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މިމަހާސިންތާ ހާއްސަ ކޮށްފައި ވަނީ ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅު ކަމުގައިވާ ހއ،ހދ. އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށެވެ.
ރޭ8:00 ގައި ފެށި މި މަހާސިންތާ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މިމަހާސިންތާ ކުރިއަށްދަނީ އިމަގު ވެހީގެ ހޯލުގައެވެ.
މިމަހާސިންތާގައި އުތުރުގެ 3 އަތޮޅުން ޖުމުލަ 40 ބައިވެރިން ބައިވެރިވެއެވެ. މަހާސިންތާގެ ހަވާސާގެ ތެރެއިން މިއަދު ހެނދުނު ވަނީ މަހާސިންތާގެ ބައިވެރިންނަށް އަމާޒުކޮށްގެން އާއްމުކޮށް އެންމެނަށް ހުޅުވާލައިގެން" ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް"އެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ތަޖުރިބާކާރު އިންސްޓަރަކްޓަރަކާއި އެކު އިހަވަންދޫ މިސްކިތްމަގު މައިޒާނުގައި ކުރިއަށް ގެންދިޔަ މިފަދަ ދެވަނަ ސެޝަނެއް އަންނަ ބުދަ ދުވަހުވެސް އޮންނާނެ ކަމަށް އިހަވަންދޫ ކައުންސުލުން ހާމަކުރައްވައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު
14 - ޖުލައި - 2023
އައުސް "ރަންތާޖު" ގުރުއާން މުބާރާތަށް ހޮވިއްޖެ
25 - ފެބްރުއަރީ - 2023
އިހަވަންދޫއަށް ނިސްބަތްވާ 15 އެންޖީއޯއެއް ޔޫތު މިނިސްޓްރީގެ ދަފުތަރުގައި
29 - އޮކްޓޯބަރު - 2022
ދަނޑުގެ ވަށައިގޮން އޮތް ސަރަހައްދު ސާފުކޮށް ވެލި ޓްރެކެއް ހަދަނީ
23 - އޮކްޓޯބަރު - 2022
އިމަގު ޖަމިއްޔާއާއި ކްލަބް ޕޯލްސްޓަރގެ އަހަރީރިޕޯޓާއި އަހަރީ ހިސާބުތައް އާންމުކޮށްފި
4 - އޮކްޓޯބަރު - 2022
ޔޫތްސެންޓަރު އަޅަނީ 11 މިލިއަނަށްކަމަށްބުނާ ވާހަކަ ދޮގުކޮށްފި
21 - ސެޕްޓެމްބަރު - 2022
އިހަވަންދޫ ހިމެނޭހެން 25 ރަށަކަށް ޑްރެގް ބްރަޝް މެޝިން ފޮނުވަނީ
4 - ޖުލައި - 2022
ފުޓްސަލް ދަނޑުގައި ވޮލީކޯޓް ޖަހަނީ ކައުންސިލުން ފާސްކޮށްގެނެއްނޫން
22 - މޭ - 2022
އަލީ ރަމީޒު ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި
19 - މޭ - 2022
ޒުވާނުންގެ މަރުކަޒުއަޅަން ހުރަވީ ދަނޑުން ބިންދޭން ނިންމައިފި
16 - ޑިސެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް