މިރުސް ދަނޑެއް އިންދުމުގެކުރިން އިހަވަންދޫ ފުޓްބޯޅަދަނޑު ނިމޭނެ : މަހްލޫފް
އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި މިރުސް ދަނޑެއް އިންދުމުގެކުރިން، އެދަނޑުގެ މަސައްކަތް ދެން މާލަސްތަކެއްނުވެ ނިމޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް މިހެން ވިދާޅުވީ، އިއްޔައޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ޔޫތް މިނިސްޓަރާއި ކުރެއްވި ސުވާލުގައި އެބޭފުޅާ ވިދާޅުވީ، މީގެ އެއް އަހަރުކުރިން އިހަވަންދޫގައި ޓާފްދަނޑުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް މަސައްކަތް ހުއްޓި ގިނަދުވަސް ވުމުން މިހާރު ޒުވާނުން މުޒާހަރާޔަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށާއި އެހެންކަމުން ދަނޑުގެ މަސައްކަތް އަލުން ފެށޭނެ ތާރީހެއް ދެއްވުމަށެވެ. ޝީފާއުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އިހަވަންދޫ ދަނޑުގެ މަސައްކަތްވެސް ލަސްވެގެން ގޮސްފިކަމަށާއި، އެމަސައްކަތް ނިންމޭތޯ އެކިގޮތްގޮތުން މިހާރުވެސް މަސައްކަތްކުރަމުންދާކަމަށާ، އިހަވަންދޫ ދަނޑުވެސް ބަޔަކު އެތަނުގައި މިރުސް ދަނޑެއް ނީންދަނީސް ދެން މާލަސްތަކެއްނުވެ ނިމޭނެކަމުގައެވެ.
ޝިފާއުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރުވަނީ ވަރަށްބޮޑަށް ޓާފް ދަނޑުތައް ހަދަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުންނަށް ފާޑުކިޔާފައެވެ. އެގޮތުން ދަނޑުތައް ނުނިމި ލަސްވަމުންދަނީ މަސައްކަތްތައް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރުންގެ ގާބިލްކަން ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މަސައްކަތްތައް މިހާރު ހިނގަމުންދާ 40 އަކަށް ރަށުގައި މަސައްކަތް ނުނިމި ލަސްވުމުގައި ޔޫތު މިނިސްޓްރީގެ އެއްވެސް އިހްމާލެއް ނޯންނާނެ ކަމަށެވެ. އެރަށްތަކުގެ މަސައްކަތް އަވަސްކުރަން މިނިސްޓްރީއަށް މިހާރު ކުރެވެން އޮތް ހަމައެކަނި ކަމަކީ އެއެއްބަސްވުންތަށް ބާތިލްކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހަވަންދޫ ފުޓް ބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. ރާކޭއެލް ކުންފުނިން ފެށި އެމަސައްކަތް ނިންމުމަށްފަހު އެކުންފުނިވަނީ އިހަވަންދޫއިން ގޮހެވެ. ނަމަވެސް ސަބްބޭސް ތައްޔާރުކުރުމުގައި ބައެއް މައްސަލަތައް ހުރުމުން އަދިވެސް އިހަވަންދޫ ދަނޑުގައި ޓާފްއެޅުމުގެ މަސައްކަތް ފެށޭގޮތްވަނީ ނުވެފައެވެ. މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫތް މިނިސްޓްރީއިންދަނީ ސަބްބޭސްގައި ގޯސްކޮށްހުރި ކަންކަން ރަނގަޅުކުރުމަށް އެހެން ކުންފުންޏަކާ ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެކުންފުނިން މަސައްކަތްކުރުމަށް ކިޔާ އަގު ބޮޑުވުމުން އަދިވެސް އެކަމުގައި ގޮތެއް ނިންމިފައެއް ނުވެއެވެ. އިހަވަންދޫ ދަނޑުގެ ސަބްބޭސް ނިންމާފައި އޮންނަތާ ގިނަދުވަސްވުމުން އެތަނުގައި މިހާރު ކޮންމެވެސްވަރަކަށްވަނީ ވިނަހެދިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
1 - ޖެނުއަރީ - 2023
އިމަގު ޣާޒީ ކަޕް މިއަދު ފަށާނެ
1 - ޖެނުއަރީ - 2023
އިމަގު ޣާޒީކަޕްގައި ބައިވެރިވީ 6 ޓީމް
28 - ޑިސެމްބަރު - 2022
އިމަގުން އަގޮބޮޑު ފުޓްބޯޅަ މުބާރާތެއް އިއުލާންކޮށްފި
3 - ޑިސެމްބަރު - 2022
ދަނޑުގެ ވަށައިގޮން އޮތް ސަރަހައްދު ސާފުކޮށް ވެލި ޓްރެކެއް ހަދަނީ
23 - އޮކްޓޯބަރު - 2022
އިހަވަންދޫ ހިމެނޭހެން 25 ރަށަކަށް ޑްރެގް ބްރަޝް މެޝިން ފޮނުވަނީ
4 - ޖުލައި - 2022
އެމްޕީ ޝިފާއު އަނެއްކާވެސް އެމްޑީޕީއަށް ސޮއެކޮށްފި
1 - ޖޫން - 2022
އިހަވަންދޫ ޣާޒީފުޓްބޯޅަ ދަނޑުގައި އަޅަންބޭނުންވާ ޓާފް އިހަވަންދޫއަށް ގެނެސްފި
8 - ފެބްރުއަރީ - 2021
އިހަވަންދޫ ޣާޒީ ދަނޑުގައި ޓާފު އެޅުމަށް ބޭނުންވާ ސާމާނު ރަށަށް ގެނެސްފި
26 - ޖެނުއަރީ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް