އެމްޕީ ޝިފާއު އަނެއްކާވެސް އެމްޑީޕީއަށް ސޮއެކޮށްފި
އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު، މުހައްމަދު ޝިފާއު (ބުލްބުލް) އަނެއްކާވެސް ވެރިކަންކުރާ އެމްޑީޕީއަށް ސޮއެކޮށްފިއެވެ. އެބޭފުޅާ މިއަދުވަނީ އެމްޑީޕީ މެމްބަރޝިފް ފޯމެއްގައި ފިންގަރ ޕްރިންޓް ޖައްސަވާ މަންޒަރު ފެންނަ ފޮޓެއެއް އާންމުކުރައްވާފައެވެ. އިލެކްޝަން ކޮމިޝަނުގެ ރަޖިސްޓްރީއަށް ބަލާއިރު އެބޭފުޅާއަކީ އެއްވެސް ސިޔާސީ ޕާޓިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެމްޑީޕީއިން ބަލަހަށްޓާ އެޕާޓީގެ ދަފުތަރުގައި އެބޭފުޅާގެ ނަން އެބައޮތެވެ.
ޝިފާއު ވިދާޅުވީ އެބޭފުޅާ މިހާތަނަށް ދެފަހަރެއްގެ މަތިން އެމްޑީޕީ މެމްބަރޝިފް ފޯމް ފުރާފައިވާނެކަމުގައެވެ. އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބުދުﷲ އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސަކަށް ހުރިއިރު އެބޭފުޅާއަކީ ނައިބް ރައީސް ކަމަށާ، އަދި މަޖްލިސް އިންތިހާބުގެކުރިންވެސް އެމްޑީޕީއަށް ވަންނަން ފޯމް ފުރިނަމަވެސް އިލެކްޝަން ކޮމިޝަނުގައި އޮންނަ ޕާޓީގެ ދަފުތަރަށް ހަމަ ނުވަދެވެނީކަމަށް ޝިފާއު ވިދާޅުވިއެވެ.
2019 ވަނަ އަހަރުއޮތް މަޖިލިސް އިންތިހާބުގައި ޝިފާއު ވާދަކޮށްފައިވަނީ އެމްޑީޕީ ޓިކެޓްގައެވެ. އެއްވެސް ޕާޓީއެއްގެ މެމްބަރެއްކަމަށް އިލެކްޝަން ކޮމިޝަނުގެ ދަފުތަރުގައި ނެތްބޭފުޅަކަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ދިނީ ކީއްވެކަމެއް ނޭގެއެވެ. އަދި ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގައިވެސް އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތު، އެބޭފުޅާއަށް ދޭސަބަބާއިމެދު ސުވާލުއުފެދެއެވެ.
ބައެއް ފަރާތްތަކަށްނޭގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާއިރު، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވަންނަން ހުށަހަޅާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ޢާމުކުރުމަށްފަހު ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް އާންމުކޮށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އިލެކްޝަނުން ފޯމުތަކުގެ ސައްޚަކަން ކަށަވަރު ކުރުމަށް ހުޅުވާލާއިރު، ޕާޓީތަކަށް އަލަށް ވަނުމަށް ހުށަހެޅި މީހުން ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދު ވަނީ އާންމުކޮށްފައެވެ. އިލެކްޝަނުން ވަނީ ޝަކުވާއެއް އޮތޯ ބެލުމަށްޓަކައި، ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިންގެފޯނަށް މެސެޖެއް ފޮނުވާފައެވެ.
އިލެކްޝަނުން މިގޮތަށް އާންމުކޮށް އިއުލާންކޮށްގެން ހުޅުވާލި ފުރަތަމަ 373 ފޯމަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވެއެވެ. މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކުރާ މައްސަލައަކީ ހައްލު ހޯދުމަށް އޮތް ބޮޑު މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުންވެސް ގަބޫލު ކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އެމްޑީޕީގެ ކެމްޕޭނަށް އާރުޑީސީގެ މުވައްޒަފުންނާއި ވެހިކަލް ބޭނުންކުރާކަމަށް ބުނާ މައްސަލަ އޭސީސީއަށް
28 - ސެޕްޓެމްބަރު - 2023
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާއަރުވަނީ
30 - އޮގަސްޓު - 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި
19 - ޖުލައި - 2023
ޕީޕީއެމް ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
9 - މޭ - 2023
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އިހަވަންދޫގައި ކުރިޔަށް
28 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް