މުރައިދޫއަތުން ބަލިވެ އިހަވަންދޫ ކަޓައިފި

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލްމުބާރާތުގައި އިހަވަންދޫ ޓީމްގެ ތިންވަނަ މެޗްގައި މިރޭ މުރާދޫއާ ދެކޮޅަށް ކުޅެ ބަލިވުމުން، ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އިހަވަންދޫއަށް ގެއްލިއްޖެއެވެ.

މުރާދޫ މިމެޗް ކާމިޔާބުކުރީ 8-1 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުރާދޫ ޓީމަށް 3 ގޯލްޖަހައިދީ ހެޓްރިކްހެދި މުރާދޫ ޓީމްގެ ޖާޒީ ނަންބަރު 5 އަސްރާރު އަބުދުﷲ އެވެ. މިމެޗްގެ ނަތީޖާއާއެކު މިގްރޫޕުން މުރާދޫ އަދި ތުރާކުނު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިހަވަންދޫ ޓީމަށް އަދި ބާކީ އެއް މެޗް އެބައޮތެވެ. އެމެޗްގައި މާދަމާ ހަވީރު 16:15 ގައި އިހަވަންދޫ ޓީމް ނުކުންނާނީ ކެލާ ޓީމާ ދެކޮޅަށެވެ.

ޗެމްޕިއަން ޓީމަށް 15،000ރ، ރަނަރއަޕް ޓީމަށް 10،000ރ އަދި ފެއަރޕްލޭ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދަނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.