އިހަވަންދޫ ހަނިމާދޫ ޓީމްގެ އަތްދަށުވެއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމް އިއްޔަ ހަވީރު ހަނިމާދޫއާ ދެކޮޅަށްކުޅުނު މެޗުން ބަލިވެއްޖެއެވެ. ހަނިމާދޫ ދަނޑުގައިކުޅުނު މިމެޗް ހަނިމާދޫ ޓީމް ކާމިޔާބް ކޮށްފައިވަނީ 3-0 ލަނޑުންނެވެ.
މެޗްގެ ފުރަތަމަ ގޯލްފެނުނީ މެޗްގެ ފުރަތަމަ ހާފްގެ 44 ވަނަ މިނެޓްގައެވެ. އެއީ ހަނިމާދޫ ޓީމްގެ ކުޅުންތެރިއެއް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ސާފުކުރަން އުޅުމުގެ ތެރޭގައި އިހަވަންދޫޓީމްގެ ޖާޒީނަންބަރު 4 އިމްރާން އާދަމްގެ ފައިގައި ޖެހިފައި ބާކޮޅަށް ވަން ގޯލެކެވެ. މެޗްގެ ދެވަނަލަނޑު ޖެހީ މެޗްގެ 66 ވަނަ މިނެޓްގައި ހަނިމާދޫ ޓީމްގެ ޖާޒީނަންބަރު 11 އާސިފް ސަލީމް އެވެ. މެޗްގެ ފަހު ގޯލް ކާމިޔާބުކުރީ މެޗް ނިމެންދަނިކޮށް ހަނިމާދޫ ޓީމްގެ ޖާޒީނަންބަރު 22 އާދަމް އިބްރާހިމްއެވެ. އޭނާ އެގޯލް ޖަހާފައިވަނީ މެޗްގެ 90 ވަނަ މިނެޓްގައެވެ.
މިމުބާރާތުގައި އިހަވަންދޫ ޓީމް މިހާތަނަށް 3 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 2 ޕޮއިންޓެވެ. މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ ނެއްލައިދޫއާ ދެކޮޅަށެވެ. އެމެޗްކުޅޭނީ މިމަހުގެ 24 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ހަނިމާދޫ ދަނޑުގައެވެ. އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. ގްރޫޕްގެ އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ދެރައުންޑަށްކުޅޭ ގްރޫޕް ސްޓޭޖް މެޗްތައް ކުޅެ ނިމޭނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިންވަނަ ހޯދުމަށް ލިބުނުފުރުސަތު އިހަވަންދޫން ނަގާލައިފި
6 - ޖުލައި - 2022
ދިއްދޫއާ ކުޅުދުއްފުށި އެއްވަނަ ޑިވިޝަނަށް
1 - ޖުލައި - 2022
އިހަވަންދޫޓީމުން ފުރަތަމަ މޮޅު ހޯދައިފި
30 - ޖޫން - 2022
ފަހަތުން އަރައި ދިއްދޫއިން އިހަވަންދޫ ބަލިކޮށްފި
26 - ޖޫން - 2022
އިހަވަންދޫ ޓީމަށް ނެއްލައިދޫވެސް ބަލިނުކުރެވުނު
25 - ޖޫން - 2022
ދެވަނަ މެޗުންވެސް އިހަވަންދޫޓީމް އެއްވަރުވެއްޖެ
20 - ޖޫން - 2022
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް އެއްވަރުވެއްޖެ
16 - ޖޫން - 2022
އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗް ދިއްދޫއާ ދެކޮޅަށް
7 - ޖޫން - 2022
އިހަވަންދޫ ޓީމްގެ ޖާޒީ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
6 - ޖޫން - 2022
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް