އިހަވަންދޫޓީމުން ފުރަތަމަ މޮޅު ހޯދައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމް ނެއްލައިދޫއާ ދެކޮޅަށް ކުޅުން ދެވަނަ ލެގްގެ މެޗް ފަހަތުންއަރާ ކާމިޔާބުކޮށް، މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ދިއްދޫ ދަނޑުގައި މިއަދު ހަވީރުކުޅުނު މިމެޗް އިހަވަންދޫއިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.
މިއަދުގެ މެޗްގެ ފުރަތަމަގޯލް މެޗްގެ 9 ވަނަ މިނެޓްގައި ކާމިޔާބުކުރީ ނެއްލައިޓީމްގެ ޖާޒީ ނަންބަރު 23 އަހްމަދު އަންވަރުއެވެ. އިހަވަންދޫ ޓީމްގެ ޖާޒީނަންބަރު 21 މުހައްމަދު ޝާނިއު 26 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްދިންއިރު އިހަވަންދޫ ޓީމް މޮޅުވިގޯލް މެޗްގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިހަވަންދޫ ޓީމްގެ މުހައްމަދު ފާރިޝްއެވެ.
މިމެޗްގައި ނެއްލައިދޫން ގޯލެއް ކަމާމިޔާބުކޮށްފައިވަނިކޮށް، އިހަވަންދޫ ޓީމުންވަނީ ފަހަތުން އަރައި ދެ ގޯލް ކާމިޔާބުކޮށްފައެވެ. އިހަވަންދޫ ޓީމަށް މިގޯލްތައް ކާމިޔާބުކޮށްދިނީ ޝާނިއު އަދި ފާރިޝްއެވެ.
މިމުބާރާތުގެ ފުރަތަމަ ލެގްގައި މިދެޓީމް ބައްދަލުކުރިމެޗް 1-1 އިންވަނީ އެއްވަރުވެފައެވެ. މިއަދުގެ މޮޅާއިއެކު އިހަވަންދޫ ޓީމަށްވަނީ 6 ޕޮއިންޓް ލިބިފައެވެ. 16 ޕޮއިންޓާއިއެކު ދިއްދޫ 1 ވަނާގައި އޮތްއިރު ދެވަނާގައި އޮތީ މިއަދު ހަނިމާދޫ 3-1 އިން ބަލިކުރި ކުޅުދުއްފުށީ ޓީމެވެ. އެޓީމްވަނީ 13 ޕޮއިންޓް ހޯދާފައެވެ. ތިންވަނާގައިއޮތް ހަނިމާދޫވަނީ 9 ޕޮއިންޓް ހޯދާފައެވެ. ހަނިމާދޫއާ އިހަވަންދޫއަށްވަނީ ކުޅުދޫފުއްށި ހަނިމާދޫ މިއަދު ބަލިކޮށް 13 ޕޮއިންޓް ހޯދުމާއިއެކު މުބާރާތުގެ ދެވަނަބުރަށްދިއުމުގެޖާގަ އެއްކޮށް ބަންދުވެފައެވެ.
މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ ކުޅުދޫފުއްޓާއި ދެކޮޅަށެވެ. އެމެޗްކުޅޭނީ ޖުލައިމަހުގެ 2 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި ހަނިމާދޫ ދަނޑުގައެވެ. މިދެޓީމް ފުރަތަމަ ލެގްގައި ބައްދަލުކުރިމެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. ގްރޫޕްގެ އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ދެރައުންޑަށްކުޅޭ ގްރޫޕް ސްޓޭޖް މެޗްތައް ކުޅެ ނިމޭނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިންވަނަ ހޯދުމަށް ލިބުނުފުރުސަތު އިހަވަންދޫން ނަގާލައިފި
6 - ޖުލައި - 2022
ފަހަތުން އަރައި ދިއްދޫއިން އިހަވަންދޫ ބަލިކޮށްފި
26 - ޖޫން - 2022
އިހަވަންދޫ ޓީމަށް ނެއްލައިދޫވެސް ބަލިނުކުރެވުނު
25 - ޖޫން - 2022
އިހަވަންދޫ ހަނިމާދޫ ޓީމްގެ އަތްދަށުވެއްޖެ
23 - ޖޫން - 2022
ދެވަނަ މެޗުންވެސް އިހަވަންދޫޓީމް އެއްވަރުވެއްޖެ
20 - ޖޫން - 2022
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް އެއްވަރުވެއްޖެ
16 - ޖޫން - 2022
އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗް ދިއްދޫއާ ދެކޮޅަށް
7 - ޖޫން - 2022
އިހަވަންދޫ ޓީމްގެ ޖާޒީ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
6 - ޖޫން - 2022
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް