އިހަވަންދޫ ޓީމްގެ ޖާޒީ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި، ބައިވެރިވާ އިހަވަންދޫ ޓީމް މުބާރުތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޖާރޒީއަށް އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވައިލާފިއެވެ.
ކްލަބް ޕޯލްސްޓާއިން، އެފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހާއި ހަމަޔަށެވެ.ބޮޑެތި މީހުންގެ އަތްދިގު އަދި އަތްކުރު ޖާޒީވެސް 200ރ އަށް ވިއްކާއިރު ޑަކުދިންގެ އަތްދިގު އަދި އަތްކުރު ޖާޒީ ވިއްކަނީ 190ރ އަށެވެ. ޖާޒީ ގަންނަން ބޭޏުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ގޫގަލް ފޯމެއް ފުރައިގެ ޖާޒީއަށް އޯޑަރު ކުރެވޭނެ އިންތިޒާމް ކްލަބް ޕޯލްސްޓަރ އިން ވަނީ ހަމަޖައްސާފައެވެ.
https://forms.gle/W9t4nnsNdSL7JJbx7
އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޫޕްގެ އޭ ގެ މެޗްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ކޮންމެ ގްރޫޕެއްވެސް 2 ރައުންޑް ކުޅުމަށް ހަމަޖެހިފައިވާއިރު ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް ދެވަނަ ރައުންޑަށް ދަތުރުކުރާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިންވަނަ ހޯދުމަށް ލިބުނުފުރުސަތު އިހަވަންދޫން ނަގާލައިފި
6 - ޖުލައި - 2022
އިހަވަންދޫޓީމުން ފުރަތަމަ މޮޅު ހޯދައިފި
30 - ޖޫން - 2022
ފަހަތުން އަރައި ދިއްދޫއިން އިހަވަންދޫ ބަލިކޮށްފި
26 - ޖޫން - 2022
އިހަވަންދޫ ޓީމަށް ނެއްލައިދޫވެސް ބަލިނުކުރެވުނު
25 - ޖޫން - 2022
އިހަވަންދޫ ހަނިމާދޫ ޓީމްގެ އަތްދަށުވެއްޖެ
23 - ޖޫން - 2022
ދެވަނަ މެޗުންވެސް އިހަވަންދޫޓީމް އެއްވަރުވެއްޖެ
20 - ޖޫން - 2022
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް އެއްވަރުވެއްޖެ
16 - ޖޫން - 2022
އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗް ދިއްދޫއާ ދެކޮޅަށް
7 - ޖޫން - 2022
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް