ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި

މުޙައްމަދު އަކުރަމް

ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަނުކުރަން ހާޝިމް މުހައްމަދު ނިންމައިފިއެވެ.  ހާޝިމް ބުނިގޮތުގައި، ދާއިރާގެ ވަރަށްގިނަ ރައްޔިތުން އޭނާ އަމިއްލަގޮތުން މަޖިލީހަށް ކުރިމަތިލުމަށް  އެދުނުނަމަވެސް، މިފަހަރު އޭނާ ކުރިމަތިލުމަކީ ލުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް އޭނާއަށް ނުފެންނާތީ އިންތިހާބުގައި ވާދަނުކުރުމަށް ނިންމީއެވެ.

ހާޝިމްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި ވާދަކޮށްފައެވެ. ޕްރައިމަރީގައި ވާދަކުރި 3 ކެނޑިޑޭޓުންގެ ތެރެއިން 522 ވޯޓާއިއެކު ހާޝިމް ދިޔައީ ފުލަށެވެ. ޕީޕީއެމް/ޕީއެންސީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރީ އަހްމަދު ނަސީރުއެވެ.

ޕްރައިމަރީގައި ހާޝިމްވަނީ މޮޅަދޫއިން 36 ވޯޓް، މާރަންދޫއިން 39 ވޯޓް، މާލެ އިން 130 ވޯޓް އަދި އިހަވަންދޫއިން 317 ވޯޓް ހޯދާފައެވެ. ޕީޕީއެމް/ޕީއެންސީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރި ނަސީރުއަކީ މިހާރުވެސް އެކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ ރައީސްއެވެ. ނަސީރުވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފައެވެ. އެފަހަރުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނާސިރު 706 ވޯޓާއިއެކު ދިޔައީ ދެވަނައަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު 2:00 އަށް ވަނީ ހަމަވެފައެވެ. ފޯމު ބަލައިގަތުމުގެ ވަގުތު، އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.