އައްޝައިޚް މުޖުތަބާ ޙަމީދުގެ ދަރުހެއް މިރޭ އިހަވަންދޫގައި

މުޙައްމަދު އަކުރަމް

“ދޫކޮށްނުލާ!” ގެ ނަމުގައި އައްޝައިޚް މުޖުތަބާ ޙަމީދު ދެއްވާ ދަރުހެއް މިރޭ އިހަވަންދޫ ގައި އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އިޢުލާން ކޮށްފައިވާގޮތުގައި މިރޭގެ ދަރުސް އޮންނާނީ މިރޭ 9:30 ގައި އިހަވަންދޫ ސްކޫލްގެ ހޯލްގައެވެ.

އައްޝައިޚް މުޖުތަބާ ޙަމީދުގެ ދަރުސްތައް އިހަވަންދޫ ކައުންސިލުން ކުރިޔަށްގެންދަނީ ހއ.އަތޮޅު ކައުންސިލާއި ގުޅިގެން ޖަމިއްޔަތުއްސަލަފްގެ އެހީތެރިކަމާއެކުއެވެ.  އެޕްރޮގްރާމްގެ ދަށުން އައްޝައިޚް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއްވެސް އިހަވަންދޫ ކައުންސިލުންވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިރޭގެ ދަރުސްގެ އިތުރުން އައްޝައިޚް މުޖުތަބާ ޙަމީދު ދެއްވާ ދަރުހެއް  މިއަދުގެ އަސުރު ނަމާދަށްފަހު މަސްޖިދުއް ތައުބާގައި، އަދި މަދަމާގެ ހުކުރު ނަމާދަށްފަހު މަސްޖިދުއް ތަޢާވުންގައި އޮންނާނެއެވެ.